އެމްއެންޔޫއެސްޔޫގެ ގޮފިތައް އިފްތިތާހު ކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 13 ވަނަ ދައުރުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް އެކުލަވާލައިފިއެވެ. ގޮތައް އެކުލަވާލައި އާ ދައުރަކަށް އިފްތިތާޙުކޮށް ދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.

މާލޭ ކެމްޕަހުގެ ގޮފިތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ 22 ފެބުރުވަރީ 2025 ވީ އާދީއްތަ ދުވަހުގެރޭ އެމް.އެން.ޔޫ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މާލޭ ކެމްޕަހުގެ 10 ގޮފީގެ ހިންގާ ކޮމިޓީތަކަށް އަލަށް އިންތިޚާބުވި މެންބަރުންނަށް މަޤާމު ހަވާލުކޮށްފައިވާއިރު، ފާއިތުވެދިޔަ ދައުރުގައި ގޮފިތަކުގައި މަސައްކަތްކުރި މެންބަރުންނަށް ރެފަރެންސް ލެޓަރ ހަވާލުކުރުން ވެސް އޮތެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ނައިބު ރައީސް (ގޮފިތައް) މުޙައްމަދު ހިޒްޔަމް ހާމިދު، އެސް.އެސް.އެލްގެ ރައީސް އާއިޝަތު ރާޔާ އަދި ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ ހާޒިރުވެ ތިއްބެވި ޖަލީސުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 14 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 10 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *