ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކުޅުދުއްފުށީ ކެމްޕަހުން ރޯދައަށް ޚާއްޞަކޮށްގެން ދީނީ ސުވާލު މުބާރާތެއް ފަށައިފިއެވެ.
މި ސުވާލު މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ސުވާލެއް ހުށައަޅާނެއެވެ. އަދި އެ ސުވާލާއެކު އިޚްތިޔާރީ ހަތަރު ޖަވާބު ދިނުމަށް ހަތަރު ޖަވާބެއް ހިމަނާފައިވެއެވެ. ސުވާލުގެ ޖަވާބު ފޮނުވަން ޖެހެނީ ކުޅުދުއްފުށީ ކެމްޕަހުގެ ފޭސްބުކް ޕޭޖުގައި އެކަމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ. ކޮންމެ ދުވަހެއްގެ ސުވާލަށް އެ ދުވަހުގެ ރޭ 23:59 ވުމުގެ ކުރިން ޖަވާބު ފޮނުވަން ޖެހެއެވެ.
ވަނަތައް ހޮވާނީ އެންމެ ގިނަ ސުވާލުތައް ރަނގަޅު ކުރާ ފަރާތްތަކުގެ ތަރުތީބުންނެވެ.
advertisment
ހިޔާލު