ތިނަދޫ ކެމްޕަހުން ކުރިއަށް ގެންދިޔަ ނަމާދު ވޯކްޝޮޕް 35 ދަރިވަރުން ފުރިހަމަކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުން ކުރިއަށް ގެންދިޔަ ނަމާދު ވޯކްޝޮޕް 35 ދަރިވަރުން ފުރިހަމަކޮށް ސެޓްފިކެޓް ހޯދައިފިއެވެ.

ފެބުރުވަރީ މަހުގެ 20ން21އަށް "ދީނުގެ ތަނބު 2″ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި 9 އަހަރާއި 12 އަހަރާ ދެމެދުގެ 37 ބައިވެރިވިއެވެ. ހުރިހާ ސެޝަންތަކެއް ފުރިހަމަކޮށް ސެޓްފިކެޓް ހޯދީ 35 ދަރިވަރުންނެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ ތިނަދޫ ސިޓީ ކައުންސިލާއި އަރުތަ ޖަމިއްޔާ އާއި ތިބްޔާން ތަރްބިއްޔާ ސެންޓަރާ ގުޅިގެންނެވެ.

މި ވޯކްޝޮޕްގައި ކުރިއަށް ގެންދިޔައީ ސައްޙަގޮތުގައި ވުޟޫކުރާނެ ގޮތާއި ނަމާދު ކުރާނެގޮތެވެ. އަމަލީ ގޮތުން މި ސެޝަންތައް ކުރިއަށް ގެންދިޔައީ ތިނަދޫ ކެމްޕަހުގެ ލެކްޗަރަރއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *