މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވަމުންދާ ދިވެހި ދަރިވަރު ޒަޚަމްވެގެން ފަރުވާދެނީ

މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވަމުންދާ ދިވެހި ދަރިވަރު ޒަޚަމްވެގެން ފަރުވާދޭން ފަށައިފިއެވެ.

މި އެކްސިޑެންޓްގައި ހިނގީ މިއަދު ހެނދުނުއެވެ. ޒަޚަމްވެގެން ފަރުވާ ދެނީ އަބްދުލް މާނިއު، ހދ. ހަނިމާދޫއަށެވެ. މި އެކްސިޑެންޓާ ގުޅިގެން އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގީ މާނިއު އުދުއްސި ސެސްނާ-125 މަރުކާގެ ބޯޓު ލޭންޑުކޮށްފައި ބޯޓު ނިވައިނުލައި އޭނާ ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހުމުން ކަމަށް އޭނާއާއެކު ކިޔަވަމުންދާ ދަރިވަރަކާ ހަވާލާދީ އަދަދު ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

"ބޯޓުން ފައިބައިގެން ދަނިކޮށް އަނބުރައިގަނެގެން ވެއްޓުނީ, ވެއްޓި ބުރަފަތީގައި ޖެހުނީ، އޭނަ ހޮޑުލަވައިގަނެފައި ހުރީމާ ބޯޓުން ފެބީ އަވަހަށް، އޭރު ނުނިއްވައި ހުރީ ޕްރޮޕް، އިންސްޓްރަކްޓަރު ބޯޓު ތެރޭގައި އިނީ،" އެ ދަރިވަރާ ހަވާލާދީ އެ ނޫހުގައި  ބުނެފައިވެއެވެ.

މާނިއުގެ މޫނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައި ވި ނަމަވެސް އޭނާއަށް ވާހަކަ ދެއްކެއެވެ. ޕައިލެޓްކަން ކިޔަވަން ޕިލިލީންސްގައި މާނިއު އުޅޭތާ މިހާރު ދޮޅު އަހަރު ވެއްޖެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *