18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ތިން ކުންފުންޏަކަށް

18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތަށް ހިންގުމަށް ހަވާލުކޮށްފައިވަނީ 114.9 މިލިއަން ރުފިޔާއަށް އެމް.ޓީ.ސީ.ސީ، އާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން އާރު.ޑީ.ސީއާއެވެ.

މި މަސައްކަތްތަށް ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓް ގައި ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙްއެވެ. އަދި އާރު.ޑީ.ސީ ގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރް ސޮއެ ކުރެއްވިއިރު އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއެ ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީއެވެ.

މަޝްރޫއުތައް ހިންގާނެ ރަށްތައް:

  1. ހއ. މޮޅަދޫ
  2. ހދ. ނޮޅިވަރަންފަރު
  3. ހދ. ނޭކުރެންދޫ
  4. ށ. ބިލެތްފަހި
  5. ރ. އންނަމާދޫ
  6. ރ. ދުވާފަރު
  7. ބ. ކުޑަރިކިލު
  8. އއ. މަތިވެރި
  9. ތ. ގާދިއްފުށި
  10. ގދ. ވާދޫ
  11. ހއ. މާރަންދޫ
  12. ކ. ގުޅި
  13. ތ. މަޑިފުށި
  14. ހދ. ނައިވާދޫ
  15. ލ. މާވަށް
  16. އއ. މާޅޮސް
  17. އދ. ފެންފުށި

މ. ވޭވަށް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *