ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން މުދައްރިސުން ސްކޫލްތަކަށް މިއަދު ނުކުމެއްޖެއެވެ. ދިރާސީ ކަލަންޑަރުގައިވާ ގޮތުން މުދައްރިސުން ސްކޫލްތަކަށް ރިޕޯޓް ކުރަން ޖެހޭނީ މިއަދުއެވެ.

ފާއިތުވި ދިރާސީ އަހަރު 190 ދުވަހުގެ ކިޔައި ދިނުމަށްފަހު ބޮޑު ޗުއްޓީއަށް ދަރިވަރުން ދިޔައީ ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ދިރާސީ އަހަރު ފަށާނީ އަންނަ ހޯމަ ދުވަހުއެވެ.

މުދައްރިސުންނަށް ހޫނު މަރުހަބާއެއް ސްކޫލްތަކުން ވަނީ މިއަދު ކިޔާފައެވެ. ބައެއް ސްކޫލްތަކުން މުދައްރިސުންނަށް މަރުޙަބާކީ ރަތް ފިނިފެންމަލުންނާއި ޚާއްޞަ ހަދިޔާއިންނެވެ.

ސްކޫލްތަކުން މިއަދާއި މާދަމާގައި ކުރިއަށް ކުރިއަށް ގެންދަނީ އާ އަހަރުގެ ޕްލޭންތައް ހެދުމާއި ޓީޗަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޚާއްޞާ ސެޝަންތަކެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ އަންނަ ޖުލައި 24 ވަނަ ދުވަހުއެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ވަނަ ދުވަހުއެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު