މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވް މެރިން ރިސަރޗް އިންސްޓިޓިއުޓުން ހުޅުވާލައިފިއެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ކުރިއަށް ގެންދަނީ މަނިޔަފުށީ ރިސަރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ.

14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ކޯސްފީއާއި ކެއުމާއި ހުރުން ހަމަޖައްސައިދޭނެ ކަމަށް މެރިން ރިސަރޗް އިންސްޓިޓިއުޓުން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްރީލް މަހުގެ 15 ގެ 14:00ގެ ކުރިން ފޯމް ހުށައަޅަން ޖެހެއެވެ.

ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ކިޔަވައި ދެނީ، ދިރޭކާނާ އާލާކުރުމާއި މާގަނޑުމަސް ވިއްސައި އާލާކޮށް ބޮޑެތިކުރުމާއި ހުއިފިލަނޑާ ވިއްސައި އާލާކޮށް މޫދުކޮށީގައި ބޮޑެތިކުރުމާއި ފާނަ ވިއްސައި އާލާކޮށް މޫދުކޮށީގައި ބޮޑެތިކުރުމާއި އިތާމުށް އާލާކުރާނެ ގޮތެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން 14 ދުވަހުގެ ކޯހެއް ވަނީ ހިންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *