ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންނަށް މިއަދުން ފެށިގެން ޗުއްޓީ ލިބޭނެއެވެ. ހުރިހާ ސްކޫލެއްގައި ވެސް މިއަދު، ދަރިވަރުންނަށް ރިޕޯޓް ފޯމް ވަނީ ދީފައެވެ.
2023-2024 ވަނަ ދިރާސީ އަހަރު 190 ދުވަހު ދަރިވަރުންނަށް ކިޔަވައިދިނެވެ. އެއީ ފުރަތަމަ ޓާމުގައި ކިޔަވައިދިން 85 ދުވަހާއި ދެވަނަ ޓާމުގައި ކިޔަވައިދިން 105 ދުވަހެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. ޓީޗަރުން ރިޕޯޓް ކުރަން ޖެހެނީ އެޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު