އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅާ ސްކޫލް ތިމާވެށި ކުލަބަކަށް 10،000 ރުފިޔާގެ މާލީ އެހީއެއް ހއ. އަތޮޅު ކައުންސިލުން ދެނީ

އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅާ ސްކޫލް ތިމާވެށި ކުލަބަކަށް 10،000 ރުފިޔާގެ މާލީ އެހީއެއް ހއ. އަތޮޅު ކައުންސިލުން ދޭން ނިންމައިފިއެވެ.

މިއީ، މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތޮޅުފެންވަރުގައި ހިންގާ ޙަރަކާތްތަކުގެ ތެރެއިން "ރަށް ފެހިކުރަމާ" ޕްރޮގްރާމުގެ ތެރެއިން ސްކޫލްދަރިވަރުންނަށް ހުޅުވާލާ ފުރުސަތެކެވެ.

އެ ކައުންސިލުން ބުނީ، "ރަށް ފެހިކުރުމުގެ ޕްރޮގްރާމް" ނަމުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލް 24 ވަނަ ދުވަހުގެ 12:00 ކަމަށެވެ. އަދި ބުނީ، ޕްރޮޕޯސަލްތައް މެއިލު ކުރާނަމަ މި ކައުންސިލްގެ ރަސްމީ މެއިލް: info@halifatoll.gov.mv އަށް ނުވަތަ މި ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.  ޕްރޮޕޯސަލް ފޯމް މި ކައުންސިލްގެ ވެބުސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އެންމެ ރަނގަޅު ޕްރޮޕޯސަލް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޝަން ކޮމިޓީން މިންކުރުމަށްފަހު އެންމެ މަތީން މާކުސް ލިބޭ ކުލަބު ހިމެނޭ ސްކޫލަކަށް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތަކުގެ ތެރޭގައި ހިމެނެނީ، ރަށް ފެހިކުރަމާ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތުގެ ތަފްޞީލާއި ވޭތުވެދިޔަ ތިން އަހަރު އެ ސްކޫލެއްގެ ތިމާވެށި ކުލަބުން ކޮށްފައިވާ މަސައްކަތްތަކަށެވެ. މާކްސް ދިނުމުގައި ބަލަނީ، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އިސްނަގައިގެން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށާ ރަށް ފެހިކުރުމުގެ ޕްރޮގްރާމުގައި ދެމެހެއްޓެނެވި ގޮތަކަށް ބަހާލައިގެން ފެހިކުރުމަށް ހުށައަޅާފައިވާ ހުށައެޅުމާއި ހިޔާދޭ ގަސް އިންދަން ސަމާލުކަން ދީފައިވާ މިންވަރާއި ގަސްތައް ބެލެހެއްޓުމާއި ސާފުތާހިރުކަމަށްސަމާލުކަންދޭ މިންވަރުގެ މައްޗަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *