އެމްއެންޔޫގެ ލޯ ފެކަލްޓީގެ ޑީންއަކަށް ޑރ. ސައްތާރު، ސީޓްގެ ޑީންއަކަށް ރޯޒާ

އެމްއެންޔޫގެ ލޯ ފެކަލްޓީގެ ޑީންއަކަށް ޑރ. ސައްތާރު، ސީޓްގެ ޑީންއަކަށް ރޯޒާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދެ ފެކަލްޓީއަކަށް ޑީނުން އައްޔަން ކުރައްވައިފިއެވެ. ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންއަކަށް އައްޔަން ކުރެއްވީ، މިހާރުވެސް އެ ފެކަލްޓީގެ ޑީންގެ މަޤާމުގައި ހުންނެވި ޑރ. އަބްދުލް ސައްތާރު އަބްދުލް ރަޙުމާނެވެ. ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް (ސީޓް)ގެ ޑީން މަޤާމަށް އައްޔަން ކުރެއްވީ ރޯޒާ އިބްރާހިމެވެ.

ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންއަކަށް އައްޔަން ކުރެއްވި ޑރ.އަބުދުލް ސައްތާރު އަބްދުލް ރަޙްމާން ދިވެހިރާއް ޖޭގެ ޤައުމީ ޔުނިވާސިޓީ އާ ގުޅިވަޑައިގެންނެވީ 2004ވަނަ އަހަރުއެވެ. ޑރ. ސައްތާރަކީ އެ ޔުނިވާސިޓީ އަދި ފެކަލްޓީ އަށް ގިނަގުނަ ޙިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ތައުލީމީ ދާ އިރާގައި ކުރައްވާ ފައިވާ ޙިދުމަތްތަކުގެ އިތުރުން މުޖްތަމައުގައި ދިނީ ހޭލުންތެރިކަން އިތުރުކުރުމަށ،ް ދީނީ ފޮތްތަށް ދިވެހިބަހުން ދަރިވަރުންނާއި މުޖް ތަމައުއާއި ހިސާބަށް ގެނަ އުމުގެ ގޮތުން މެދުކެޑުމެއްނެތި ދަނީ ވަރަށް ބައިވަރު މަސައްކަތްތަ އް ކުރަމުންނެވެ.

އެޑިޔުކޭޝަންގެ ދާއިރާއިން އީ ލަރނިންގއިން މާސްޓަރސް ހާޞިލްކުރައްވާފައިވާ ރޯޒާ އަކީ ދިވެހިރާ އްޖޭގެ ޤައުމީ ޔުނިވާސިޓީ އާ 2005ވަނަ އަހަރު ގުޅިވަޑައިގެންފައިވާ ވަނީ ސެންޓަރ ފޯ އޯޕަން ލާނިންގް މިހާރުގެ ނަމުންނަމަ ސެންޓަރ ފޯރ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްއާޢެވެ. ރޯޒާ ވަނީ، ސެންޓަރ ކުރިއެރުވުމަށް ވަރަ ށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވ.ެ 2023 ފެށިގެން މިޔަދާ ހަމަޔަށް އެކްޓިންގް ވެރިޔާކަމުގައި
ސެންޓަރ ތަމްސީލުކޮށް ޔުނިވާސިޓީ ކޯސްތަކުގެ އިންސްޓުރަކްޝަން މަސައްކަތް ކުރިއަރުވާ އަގުހުރި މަސައްކަތް ތަކެއް ކުރައްވާފައިވެއެވެ.

މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި މަޤާމާ ހަވާލުވެވުމަށްފަހު، ޑރ. ސައްތާރު ވިދާޅުވީ، ކުރިއަށް ހަތަރު އަހަރުގެ ދައުރުގެ ތެރޭގައި ލޯ ފެކަލްޓީން ޕީއެޗްޑީގެ ޕްރޮގްރާމްތަކެއް ފެށުމާއި، އިސްލާމިކް ފައިނޭންސިންގ ޕްރޮގްރާމްތަކެއް ތަޢާރަފު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ސީޓްގެ ޑީން ރޯޒާ ވިދާޅުވީ، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޝަޢުޤުވެރިކަމާއެކު ދަރިވަރުންނަށް ކިޔަވައި ދެވޭނެ ގޮތްތައް ތަޢާރަފު ކުރެއްވުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *