ދުޅަހެޔޮ ސިއްޙަތަކަށް އަހުލުވެރި ކުރުމުގެ ޤައުމީ ކެމްޕެއިނެއް އެމްއެންޔޫއިން ފަށަނީ

އެމްއެންޔޫގެ ސްޓޯލުން ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދޭނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކުރާ ދުޅަހެޔޮ ޞިއްޙަތަކަށް އަހުލުވެރިކުރުމުގެ ޤައުމީ ކެމްޕެއިނެން މިއަދު ހަވީރު ލޯންޗްކުރަން ނިންމައިފިއެވެ. މި ޤައުމީ ހަރަކާތް ލޯންޗްކޮށް ދެއްވާނީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދެވެ.

މިއީ އެ ޔުނިވަރސިޓީގެ އިތުރުން ޑަބްލިޔު އެޗްއޯއާއި ޔުނިސެޕް އަދި ސަރުކާރުގެ މުއައްސަސާތައް ބައިވެރިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕެއިން ފެށުމުގެ ހަރަކާތް މިރޭ 20:00ން 22:00އަށް ކުރިއަށްދާއިރު، އެމްއެންޔޫ މައިކެމްޕަހުގައި ޚާއްޞަ ސްޓޯލްތަކެއް ހުންނާނެއެވެ. މި ސްޓޯލްތަކުން ދުޅަހެޔޮ ސިއްހަތަކަށް ކޮންމެހެން އެންގެންޖެހޭނެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

ފޯރުކޮށްދޭނެ މައުލޫމާތު ތަކުގެ ތެރޭގައި:

  1. ގައިންގަޔަށް ނާރާ ބަލިތަކާއި އެ ބަލިތަކުން ރައްކާތެރިވުމުގެ ގޮތްތައް
  2. ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމާ ގުޅޭ މާހިރުންގެ ލަފާ
  3. ޞިއްޙަތަށް ފައިދާހުރި ކެއުމުގެ އާދަތަކާއި ކާނާގެ ރޭވުންތައް
  4. މަސައްކަތާއި ދިރިއުޅުމުގެ ހަމަހަމަކަން ދެމެހެއްޓުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އުކުޅުތައް
  5. ދުވަހުގެ އާދަކާދައިގެ ތެރެއަށް ޖިސްމާނީ ހަރަކާތްތައް ހިމެނުމުގެ ފަސޭހަ ގޮތްތައް
  6. އަމިއްލަ ޞިއްޙަތު ބެލެހެއްޓުމަށް އެހީތެރިވެދޭ އަސާސީ ޞިއްޙީ ޗެކަޕްތައް ހިލޭ ހެދުމުގެ ފުރުޞަތު ލިބޭނެއެވެ.

އެމްއެންޔޫއިން ބުނީ، ތިބާގެ ދުޅަހެޔޮކަމަށް އިސްކަންދީ، މުޖުތަމަޢުގެ ޞިއްޙަތު ކުރިއެރުވުމުގައި ޙިއްޞާވުން މުހިންމު ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *