މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދާ ކެމްބްރިޖް ލާރނަރސް އެވޯޑް ޖަމާލުއްދީން ސްކޫލުގެ އަށް ދަރިވަރުންނަށް ލިބިއްޖެއެވެ. އެ ސްކޫލުގެ ދެ ދަރިވަރުންނަށް މެރިންސައިންސާއި ޓްރެވަލް އެންޑް ޓޫރިޒަމުން ވެސް އެވޯޑް ލިބުނެވެ. އަދި އިސްލާމް މާއްދާއިން ރާއްޖެއިން އެއް ވަނަ އެއް ދަރިވަރަކަށް ލިބިފައިވެއެވެ.
އެވޯޑް ލިބުނު ދަރިވަރުން:
- އަބްދުﷲ އަހުޒަމް އަޙްމަދު ސައީދު – އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ
- އަފުނާން އަޙްމަދު މުސްތަފާ- އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ
- އައިޝަތު މިޝާ ހުޝާމް- އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ
- ފާތިމަތު އައިނީ- އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ
- ހައްވާ ޒާއިން ޒަމީލް- އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ
- ޖޫދު މުޙައްމަދު މުންތަސިރު- އިނގިރޭސި މާއްދާ އިން ދުނިޔެއިންނާއި ރާއްޖެއިން އެއްވަނަ އަދި މެރިން ސައިންސް އިން ދުނިޔެއިން 5ވަނަ
- މަރިޔަމް ޒައްފަ ޒަހީރު- އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ
- އުމެއިރު ބިން ހަސަން ޝިހާމް- އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ
- އަލީޝާ އިރަމް ނަޝީދު- ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން 6ވަނަ
- އީޒާން އަލީ- އިސްލާމުން ރާއްޖެއިން އެއްވަނަ
އޯލެވެލްގެ ގަދަ ދިހައެއްގައި މިދިޔަ އަހަރު ޖަމާލުއްދީން ސްކޫލުގެ 51 ދަރިވަރުން ހިމެނިފައިވެއެވެ. އޭގެ ތެރެއިން ގަދަ ދިހައެއްގެ އެއްވަނަ ފަސް ދަރިވަރުން ހޯދާފައިވެއެވެ.
advertisment
ހިޔާލު