3700 އަށްވުރެ ގިނަ ކުލާސްރޫމް އޭސީކޮށް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، ސްކޫލްތަކުގެ މާހައުލަކީ އުނގެނުމަށް ފަހި، ދަރިވަރުންނަށް ހިތްގައިމު، އުފާވެރި މާހައުލަކަށް ހަދަން ބޭނުންވާ ކަމަށާއި، ސަރުކާރުގެ ހުރިހާ ސްކޫލެއް ފިނިކުރުމަށްޓަކައި، "ކޫލް ސްކޫލް" ޕްރޮޖެކްޓް ވާނީ މިހާރު ފަށާފައި ކަމަށެވެ.
" މާތްﷲގެ އިރާދަފުޅާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފާއިވާ ސަރުކާރުގެ ސްކޫލްތަކުގެ 3700 އަށްވުރެ ގިނަ ކުލާސްރޫމް ފިނިކުރުމަށް ބޭނުންވާ އޭސީ، މި އަހަރު ފޯރުކޮށްދީ، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ނިންމާނަން" ރައީސް ވިދާޅުވިއެވެ.
މުޅި މި މަޝްރޫޢުގެ ހަކަތައިގެ 100 އިންސައްތަ ސޯލަރ ހަކަތައިން ހޯދުމުގެ އަމާޒުވެސް މި އަހަރު ހާސިލްކުރުމުގެ މަސައްކަތް ފަށައި، އެކަންވެސް އިރާދަކުރެއްވިއްޔާ މި އަހަރު ހާސިލުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި، އިތުރު ސްކޫލްތައް އެޅުމުގެ މަޝްރޫޢެއް، މިއަހަރު ފެށުމަށްޓަކައި ގިނަގުނަ ތައްޔާރީތައް ވަމުންދާކަންވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އެކި ކަންކޮޅުގަ
advertisment
ހިޔާލު