މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާބެހޭ ކޮންފަރެންސެއް އެމްއެންޔޫގައި ފަށައިފި

ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސެއް އެމްއެންޔޫގައި ފަށައިފިއެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ މި ކޮންފަރެންސް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ، އައިއޯއެފްއެސް ގުޅިގެން ކުރިއަށްގެންދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާ ބެހޭ ގޮތުން ކަމުގެ މާހިރުން ބައިވެރިވެ މަޝްވަރާ ކުރުމަށް ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމާއި ދަނޑުވެރިކަމުގެ ނިޒާމުތަކުގެ ނާޒުކުކަން އިތުރުވަމުން ދާތީ، ސްމާޓް ދަނޑުވެރިކަމުގެ އާދަތައް ފުޅާ ދާއިރާއެއްގައި ތަރައްޤީކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކަނޑައަޅައި އެކަންތައްތައް ތަންފީޒުކުރުމުގެ މަގުޗާޓެއް މި ކޮންފަރެންސްގެ ތެރެއިން އެކުލަވާލާނެއެވެ.

މި ކޮންފަރެންސްގެ އަމާޒަކީ މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް، އަދި ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ދެނެގަތުމެވެ.

ކޮންފަރެންސްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ، މޫސުމީ ގޮތުން ދިމާވަމުންދާ ގޮންޖެހުންތަކުން ކާބޯތަކެތީގެ ރައްކާތެރިކަން އިވެލުއޭޓްކޮށް ހަރުދަނާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ނިޒާމުތަކުގެ ނާޒުކުކަން ދެނެގަނެ، އެކަމުން އަރާނެ ލޮޅުންތަކުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ސްޓްރެޓެޖީތައް އެކުލަވާލުމެވެ.
ކްލައިމެޓް- ސްމާޓް ދަނޑުވެރިކަމުގެ ޕްރެކްޓިސްތައް ކުރިއެރުވުމަށް ގުޅުން ހުރި ޓެކްނޮލޮޖީތަކާއި އާދަތައް ބޭނުންކުރަން ފެށޫމާއި އެކަން ޕްރޮމޯޓް ކުރުމެވެ.

ދަނޑުވެރިކަމާ ގުޅުން ހުރި ޒަމާނީ ޢިލްމު ޙިއްޞާކުރުމަށް ބައިނަލްއަޤްވާމީ އަދި ކްރޮސް ސެކްޓޯރަލް ކޯލަބްރޭޝަންތައް ބިނާކުރުމާޢި ރިސޯސް މޮބިލައިޒޭޝަން، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އިންފްރާސްޓްރަކްޗަރއަށް އިންވެސްޓްކުރުމެވެ. މީގެ ތެރޭގައި އެކުއަކަލްޗަރ އަދި މެރިން ފިޝަރީޒްގެ ދާއިރާ ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *