ށ. އަތޮޅު މަދަރުސާގެ ޤުރުއާން މުބާރާތަށް ކަނޑިތީމު ކައުންސިލުން 20،000 ރުފިޔާގެ އެހީއެއް

ށ. ކަނޑިތީމުގައި ހުންނަ އެ އަތޮޅު މަދަރުސާގެ ޤުރުއާން މުބާރާތަށް 20،000 ރުފިޔާގެ އެހީއެއް ކައުންސިލުން ފޯރުކޮށްދީފިއެވެ. މިދިޔަ އަހަރު ޤުރުއާން މުބާރާތް ބޭއްވީ ކައުންސިލުގެ ނަމުގައި އެ މުބާރާތް ސްޕޮންސަރ ކޮށްގެންނެވެ. އެ ސްކޫލުގެ ނަމުގައި ޤުރުއާން މުބާރާތް ކުރިއަށް ގެންދަން ކައުންސިލުން މިފަހަރު ދިނީ މާލީ އެހީތެރިކަމެވެ.

116 ދަރިވަރުން ބައިވެރިވި ށ. އަތޮޅު މަދަރުސާގެ ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހާއި މިއަދުއެވެ. ނަތީޖާ ފާޅުކުރުން އޮންނާނީ އަންނަ ހަފްތާ ތެރޭގައެވެ.

ށ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަޙްމަދު ފައިސަލް ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި މިދިޔަ އަހަރުވެސް ލައްކައެއްހާ ރުފިޔާ ސްކޫލުގެ ހަރަކާތްތައްކަށް ކައުންސިލުން ޚަރަދުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހަރަކާތްތަކަށް ކައުންސިލުން އަންނަނީ މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން. އެއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް" ފައިސަލް ވިދާޅުވިއެވެ.

ށ. އަތޮޅު މަދަރުސާގައި 450 އެއްހާ ދަރިވަރުން ޕްރައިމަރީ ގުރޭޑުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *