ވިލާ ކޮލެޖުގެ ބެޗްލާސް އޮފް ސައިކޮލޮޖީގެ ދަރިވަރުން، 50 އަހަރުން މަތީގެ މީހުންނާއެކު "އިވެންޓްފުލް އިވްނިންގ" ނަމުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން ތައްޔާރު ވެއްޖެއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ ވިލާކޮޖާއި އެ ކޮލެޖްގެ ދަށުން ހިންގާ ސްކޫލް އޮފް ސައިކޮލޮޖީ އާ ގުޅިގެން، ދަރިވަރުން ކިޔަވަމުންދާ ކޯހުގެ ބައެއްގެ ގޮތުގައި ހިމަނައިގެންނެވެ.
މި ޚާއްޞަ ހަރަކާތް ކުރިއަށް ގެންދަނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4ން 6އަށެވެ.
ވިލާ ކޮލެޖުން ބުނީ، އުފާވެރި މަޖާ މާހައުލެއްގައި އެ ހަރަކާތް ކުރިއަށް ގެންދާ ދަރިވަރުން ރާވާފައިވާ ކަމަށެވެ. އެ ހަރަކާތުގެ ތެރެއިން އެ ދަރިވަރުންނާއެކު ބަހާ ގުޅުން ހުރި ކުޅިވަރުތަކާއި އާޓްސް އެންޑް ކްރާފްޓްސް އަދި ލުއި ކަސްރަތުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު 50 އަހަރުން މަތީގެ މީހުންނަށް އެ ކޮލެޖުން ވަނީ ހުޅުވާލާފައެވެ. ބައިވެރިވާ ފަރާތްތަކުން ދިވެހި ސަޤާފީ ހެދުމެއް އޮތް ނަމަ އެ ހެދުމެއް ބޭނުން ކުރުމަށް ވެސް އެ ކޮލެޖުން އެދިފައިވެއެވެ.
advertisment
ހިޔާލު