ސަޕޯރޓް ސްޓާރފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އިއްޒުއްދީން ސްކޫލުގެ އިސްލީޑަރުން ރަތްދޫލައިގެ ރޯދަވީއްލުމެއް ދީފިއެވެ. މި ރޯދަވީއްލުން ބޭއްވީ އިއްޔެ އެ ސްކޫލުގައެވެ.
އެ ރޯދަވީއްލުން އިންތިޒާމް ކުރުމުގައި އެ ސްކޫލުގެ ގުރޭޑް 8އާއި 9ގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ. ސަޕޯޓް ސްޓާފުންގެ ގޮތުގައި އެ ސްކޫލުގައި އަށް މުވައްޒަފުން މަސައްކަތް ކުރެއެވެ. އެ ސްޓާފުންނަށް މަރުޙާބާކީ ފިނިފެންމަލުންނެވެ. އަދި ކޮންމެ ސްޓާފެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް ކާޑެއް ވެސް ދިނެވެ.

މި ރޯދަ ވީއްލުމުގައި ސަޕޯޓް ސްޓަރފުންގެ އިތުރުން އެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ވެސް ބައިވެރިވިއެވެ.
އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޛިރާ ހަސަން ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ސަޕޯޓް ސްޓާފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން ރޯދަވީއްލުމުގެ ހުރިހާ ކަމެއް އިންތިޒާމްކުރީ އެ ދަރިވަރުން ކަމަށާއި އިސްދަރިވަރުން އިސްނަގާ އެފަދަ ހުރިހާ ކަމަކަށް އެ ސްކޫލުން މަރުޙަބާ ކިޔާ ކަމަށެވެ.
" އަޅުގަނޑުމެން އަބަދުވެސް އިސް ދަރިވަރުންގެ އެފަދަ ހަރަކާތްތަކަށް ފުރުޞަތު ދެން. އެ ދަރިވަރުން ބޭނުންވާ ހަރަކާތެއް އަޅިގަނޑުމެންގެ ސަމާލުކަމަށް ގެނައީމާ އެއީ ދަރިވަރުންނަށް އެންމެ އަކަށޭނެ ކަމެއްތޯ އަޅުގަނޑުމެން މެނޭޖްމަންޓުން ބަލަނީ. ބަލާފައި އެކަން ކުރިއަށް ގެންދަން ފުރުޞަތު ދެނީ" ނާޛިރާ ވިދާޅުވިއެވެ.

އިއްޒުއްދީން ސްކޫލުން ބުނީ، އިއްޔެ ބޭއްވި ރޯދަވީއްލުމުން، އަނެކުންގެ ފަރާތުން ލިބިދޭ ޚިދުމަތްތަކާއި އެހީތެރިކަމުގެ މުހިންމުކަން ދެނެގަނެ، ޟުކުރުވެރި ވުމާއި މެހެމާންދާރީ އަދާކުރުގެ ރިވެތި ސިފަތައް ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށެވެ.
ސަޕޯރޓް ސްޓާރފުންގެ ޚިދުމަތަކީ ސްކޫލަށް ނުހަނު މުހިންމު ޚިދުމަތެއްކަމުން، މި ދަނޑިވަޅުގައި ސަޕޯރޓް ސްޓާރފުންގެ ފަރާތުން ދަރިވަރުންނާއި ސްކޫލްގެ މެނޭޖްމަންޓަށް ލިބެމުންދާ ޚިދުމަތްތެރި މަސައްކަތަށްޓަކައި ސްކޫލްގެ ދަރިވަރުންނާއި މެނޭޖްމަންޓާއި ޓީޗަރުންގެ ފަރާތުން ސަޕޯރޓް ސްޓާފުންނަށް ޝުކުރު އަދާކުރާކަމަށް އެ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު