އައިޔޫއެމްގެ ޤުރުއާން ލެކްޗަރުންނަށް 10 ޤިރާއަތައް ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމެއް

ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާއިން އިސްނަގައިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤުރްއާން އުގަންނަވައިދެއްވާ ލެކްޗަރަރުންނަށް 10 ޤިރާއަތައް ކިޔަވަން ދަސްކޮށްދޭ ޚާއްސަ ތަމްރީނު ޕޮރުގުރާމެއް އިފްތިތާޙުކޮށްފިއެވެ.

މިއީ ދިވެހި ރާއްޖޭގެ ޤާއިމު ކުރެވިފައިވާ އަޒުހަރު މިޝަންގެ އެހީތެރިކަމާއި އެކު ޤުރުއާން އުގަންނަވައި ދެއްވާ ލެކްޗަރަރުންގެ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމަށް  ކުރިޔަށް ގެންދާ ވަރަށް ޚާއްސަ ތަމްރީނު ޕޮރުގުރާމެއްކަމަށް ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ޑީން މުޙައްމަދު މަންޞޫރު ވިދާޅުވިއެވެ.

އަދި މިޕޮރުގުރާމްގައި ކިޔަވައިދެއްވާނީ 10 ޤިރާއަތަށް މީހުން ތަމްރީނުކޮށްދިނުމުގެ ޚާއްސަހުނަރު ލިބިފައިވާ އަޒުހަރު ޔުނިވަރސިޓީގެ މިސްރުގެ ޤާރީ އަޙްމަދު ލާޝީންކަމަށް ކުއްލިއްޔާގެ ޑީން ފާހަގަ ކުރެއްވިއެވެ.

މިއީ އިސްލާމީ ޔުނިވަރސިޓީގައި ކިޔަވައިދެއްވާ ޕާރޓްޓައިމް ލެކްޗަރަރުންނަށް ވެސް ހިލޭ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ޚާއްސަ ޕޮރުގުރާމެކެވެ. މިފަދަ އެހެނިހެން ހަރަކާތްތައް ޔުނިވަރސިޓީގެ ދަރިވަރުންނާއި އާންމުންނަށް ވެސް ކުރިޔަށް ގެންދަވާނެ ކަމަށް ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ޑީން ވިދާޅުވިއެވެ.

ދިވެހިން ހޭލުން ތެރިކުރުމަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އަންނަނީ ވަރަށް ހާރާކާތްތެރިކޮށް ތަފާތު އެކި އެކި ޕްރޮގުރާމްތައް ތަޢާރަފުކޮށް ހިންގަމުން ކަން މިފުރުސަތުގައި ފާހަގަކުރަމެވެ. އަދި ވަކީން ޚާއްސަކޮށް ރަމަޟާން މަހު ޤުރުއާނުގެ ދާއިރާގެ ގިނަ ހަރަކާތްތަކެއް އެ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ އިން ހިންގަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ އަތޮޅު ތެރޭގެ ގިނަ ސަރަހައްދުތަކެއްގައި އެކި އެކި ކޯސްތައް ހިންގައި ތަޢްލީމު ފެތުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ޔުނިވަރސިޓީއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *