ރޯދަމަހު ކުރިއަށް ގެންދާ ސުވާލު މުބާރާތެއް ށ. ބިލެތްފަހީ ސްކޫލުން ފަށައިފިއެވެ. " ހިދާޔަތުގެ ދަންމަރު" ގެ ނަމުގައި މި ސުވާލު މުބާރާތް ކުރިއަށް ގެންދަނީ އެ ސްކޫލުގެ ސްޓޫޑެންޓް ކައުންސިލުންނެވެ.
ސްޓޫޑެންޓް ކައުންސިލުން ބުނީ، ކޮންމެ ދުވަހަކު ވެސް އެ ސުވާލު ގެނެސްދޭނެ ކަމަށާއި އެ ސުވާލަށް އެ ސްކޫލުގެ ދަރިވަރުންނަށާއި އެ ރަށަށް ނިސްބަތްވާ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ ކަމަށެވެ.
މިއީ އިސްލާމް ދީނަށް އޮތްނަ ލޯބި އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މި މިބާރާތުގައި ކޮންމެ ދުވަހަކު ގެނެސްދޭ ސުވާލަށް ޖަވާބު ފޮނުވަން ޖެހޭނީ 7229734 އަށް ވައިބަރ ކޮށްގެންނެވެ.
ސްޑޫޓެންޓް ކައުންސިލުން ބުނީ، އެންމެ ގިނަ ސުވާލަށް ޖަވާބު ދޭ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެން ހޮވޭ ތިން ފަރާތަކަށް ޚާއްޞަ އިނާމެއް ކަނޑައަޅާފައިވާ ކަމަށެވެ.
advertisment
ހިޔާލު