މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ލާމު ގަން ކެމްޕަސްގައި ކުރިއަށް ގެންދާ، އެޑްވާންސް ސެޓްފިކެޓް އިން އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ކޯހުގައި ބައިވެރިވާ ލ. އަތޮޅުން 12 ދަރިވަރަކަށް އެންދެރީ ޕްރޮޖެކްޓުން މިއަދު ސްކޮލަޝިޕް ދީފިއެވެ.
އެންދެރީ ޕްރޮޖެކްޓްގެ ފަރާތުން ސްކޮލަރޝިޕް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސްކޮލަރޝިޕް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން މުޙައްމަދެވެ.
ލ.ގަން ކެމްޕަހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދެ ސެމެސްޓަރގެ މުއްދަތަށް ހިންގާ ކޯހެކެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޮންމެ ދަރިވަރަކަށް ކޯހުގެ އެލަވަންސްގެ ގޮތުގައި މަހަކު 4500 ރުފިޔާ އިނާޔަތެއް ދޭނެ ކަމަށެވެ. އޭގެ އިތުރުން އެސްޓެބްލިޝްމަންޓް އެލަވަންސްގެ ގޮތުގައި އެއް ހާސް ރުފިޔާއާއި ބުކް އެލަވަންސްގެ ގޮތުގައި ދެ ހާސް ރުފިޔާއާއި ޑިޕާޗަރ އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ވެސް މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޮންމެ ދަރިވަރަކަށް ދޭނެއެވެ. މި ކޯހުގެ ފީއަކީ ދެ ސެމެސްޓަރއަށް 9،960 ރުފިޔާއެވެ.
advertisment
ހިޔާލު