ފާއިތުވި 2023-2022 ވަނަ އަހަރު، ރ. މަޑުއްވަރީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު ލީމް ހޮވައިފިއެވެ. ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ އޮތީ ހުކުރު ދުވަހުގެ ރޭ އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށް ދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ސްޕޯރޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުލް ރައްޒާޤު އިބްރާހިމެވެ.
އެންމެ މޮޅު ދަރިވަރު ލީމް އަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ސްޕޯޓްސް ކެޕްޓަނެވެ.

މި ޖަލްސާގައި 2022-2023 ވަނަ ދިރާސީ އަހަރުގެ ނަތީޖާއަށް ބަލައި، ޖެނެރަލް ޕްރޮފެސަންސީ، އޮނަލިސްޓެޑް އެވޯޑް، ސަބްޖެކްޓް ޕްރައިޒް، ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް، ޑިސިޕްލިން އެވޯޑް ފަދަ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ދެވުނެވެ.

ވޭތުވެ ދިޔަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ސްކައުޓް އާއި ގާރލް ގައިޑަށް ހޮވުނު ދަރިވަރަށްވެސް މިޖަލްސާގައި އިނާމް ދެވުނެވެ.
ފާއިތުވި އަހަރު، މަޑުއްވަރީ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓަކަށް ހޮވިފައިވަނީ ގްރޭޑް 10އޭ ގެ ދަރިވަރު "އަޙްމަދު އަޝްހަމް ޢަލީ" އެވެ. އަދި އެނެމެ މޮޅު ގައިޑަކަށް ހޮވިފައިވަނީ، ގްރޭޑް 10އޭ ގެ ދަރިވަރު " އައިޝަތު ޝިވާ ޝުޖާއު" އެވެ.
2022-2023 ވަނަ ދިރާސީ އަހަރުގެ އޯލަވެލް އަދި އެސް.އެސް.ސި އިމްތިހާނުގައި ބައިވެރިވި ދަރިވަރުގެ ތެރެއިން އެންމެ މޮޅު 10 ދަރިވަރުންނާއި، 5 މާއްދާއިން ފާސްވި ދަރިވަރުންނަށް އިނާމާއި ޝީލްޑް ވަނީ މި ޖަލްސާގައި ދީފައެވެ. މީގެ އިތުރުން ރ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވެ ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށް ވެސް މިޖަލްސާގައި އިނާމާއި ޝީލްޑް ވަނީ ހަވާލުކޮށްފައެވެ.
މަޑުއްވަރީ ސްކޫލުގައި 400އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު