ވިލާ ކޮލެޖުން މެއި އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުން މެއި އިންޓޭކަށް ހުޅުވާލައިފިއެވެ.

ވިލާ ކޮލެޖުން މިއަދު ހުޅުވާލި ޕްރޮގްރާމްތަކުގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ އިތުރުން ޔޫކޭގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިމެނެއެވެ. ވިލާ ކޮލެޖުން ހުޅުވާލި ކޯސްތަކަށް އަންނަ އެޕްރީލް މަހުގެ 20ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.

މެއި މަހުގެ އިންޓޭކަށް ހުޅުވާލި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ:

  • މާސްޓަރސް ފެންވަރުގެ 21 ކޯހެއް
  • ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހެއް
  • ޑިގްރީ ފެންވަރުގެ 45 ކޯހެއް
  • ޑިޕްލޮމާ ފެންވަރުގެ 50 ކޯހެއް.
  • ފައުންޑޭޝަން ފެންވަރުގެ 17 ކޯހެއް.
  • ސެޓްފިކެޓް 3 ފެންވަރުގެ 15 ކޯހެއް.

ވަކިވަކި ކޯސްތަކަށް ބަލާއިރު، އިންފޮމޭޝަން ޓެކްނޮލޮޖީއާއި ކޮމްޕިއުޓާ ސައިންސާއި ޓީޗިންގއާއި ޝަރީއާ، ލޯއާއި ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތަކާއި ބިޒްނަސް މެނޭޖްމަންޓްގެ އިތުރުން އޭވިއޭޝަން މެނޭޖްމެންޓް ހިމެނެއެވެ. ބިޒްނަސް ދާއިރާއަށް ބަލާއިރު، އިންޓަނޭޝަނަލް ބިޒްނަސްއާއި އިކޮނޮމިކްސްއާއި އެކައުންޓިން އެންޑް ފައިނޭންސްއާއި ބޭންކިން އެންޑް ފައިނޭންސް، އަދި މާކެޓިންގ ކޯސްތައް ހިމެނެއެވެ. މީގެ އިތުރުން ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސްތަކާއި ރިސާޗް، ނާސިން އާއި ސައިކޮލޮޖީ އާއި ޕަބްލިކް ހެލްތު އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން އާއި ހެލްތު ސާވިސަސް މެނޭޖްނަންޓާއި ޕްރޮޖެކް މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސްގެ ކޯސްތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން މިފަހަރު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގެ ޤައުމީ ސެޓްފިކެޓް 4  ގެ 1 ކޯހަކާއި ސެޓްފިކެޓް 3 ގެ 10 ކޯހަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. ނޭޝަނަލް ސެޓްފިކެޓް 3 ކޯސްތަކުގެ ތެރޭގައި ހައުސްކީޕިންގ، ރިޒަރވޭޝަން އެންޑް ޓިކެޓިންގ، ވޯޓަރ ސްޕޯޓްސް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ލައިފްގާޑިންގ، މެނޭޖްމަންޓް، އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސަސް، ކެޝިއަރިންގ، ޓުއާ ގައިޑިންގ، އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ހިމެނެއެވެ. އަދި ޤައުމީ ސެޓްފިކެޓް 4 ގައި ހިމެނެނީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް އެވެ.

މެއި އިންޓޭކަށް ހުޅުވާލި ކޯސްތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވީ، އޮންލައިންކޮށް ވެސް އެ ކޮލެޖްގެ ކޯސްތަކުގައި ކިޔެވޭނެ ކަމަށާއި، އޭގެތެރޭގައި މާސްޓަރ އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް  އަދި މާސްޓަރ އޮފް ރިސާރޗް ސްޓަޑީޒް ހިމެނޭ ކަމަށެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި އިންޖިނިއަރިންގ ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯރޓްސްމޯތް ޔުނިވާރސީޓީއިން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ. މި ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއައިން ޕޯރޓްސްމޯތް ޔުނިވާރސީޓީ އިން ކިޔަވަން ބޭނުންވާ ދަރިވަރުން އެ ޔުނިވަރސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ކިޔެވުމަށް ބައިވެރިވެވޭނެއެވެ.

ވިލާ ކޮލެޖް އަކީ ދިވެހި ރާއްޖޭގައި ހުރި ހަމައެކަނި އޭސީސީއޭ ގޯލްޑް ސްޓޭޓަސް ޓިއުޝަން ޕްރޮވައިޑާއެވެ. އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް  ޖޫން  އިންޓޭކަށް ވަނީ ހުޅުވާލާފައެވެ. އަދި ސަޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލް 2،1 އަދި 3 ވެސް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއިން ކޮންމެ ކޯހަކީ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތައް ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ގެންދާނެއެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދެ އެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް އެ ސްކީމްގެ ތެރެއިން ކިޔެވޭނެއެވެ.

ވިލާ ކޮލެޖުގެ މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް މިހާރު ޗެކް ކުރެވޭނެ އެވެ. މީގެ އިތުރުން އެޕްލައި ކުރާ ދަރިވަރުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޯމްގެ ޖަވާބެއް ލިބޭނޭ ކަމުގެ ޔަގީން ކަން ދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *