ރަށުގައި ތިބެގެން، އެންވަޔަރަމަންޓް މެނޭޖްމަންޓް ދާއިރާއިން ކިޔަވަން ސްކޮލަރޝިޕް ދެނީ

ރަށުގައި ތިބެގެން، އެންވަޔަރަމަންޓް މެނޭޖްމަންޓް ދާއިރާއިން ކިޔަވަން ސޮކޮލަރޝިޕް ދޭން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމެންޓް އެންޑް އެނާޖީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެގައި ސޮއި ކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން އާދަމް ޚާލިދެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ، ސެޓްފިކެޓް ލެވެލް 3 ގެ މި ކޯސް ކުރިއަށް ގެންދަނީ ލ. ގަމުގައި ހުންނަ އެމްއެންޔޫގެ ކެމްޕަހުގައެވެ. ތިމާވެއްޓާ ގުޅުން ހުރި އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ބޭނުންވާ އެކި ހުނަރުތައް މި ކޯހުން ދަސްކޮށްދޭނެއެވެ.

މި ކޯހަށް އިއުލާން ކުރުމުން މިހާތަނަށް 18 ދަރިވަރުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 15 ދަރިވަރުންނަށް ސްކޮލަރޝިޕް ހަމަޖައްސައި ދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ތިމާވެށީގެ ދާއިރާގެ މެނޭޖްމަންޓްގެ ދާއިރާއަށް ބޭނުންވާ މީހުން ތަންރީނު ކުރަން ކުރިއަށް ގެންދާ މި ކޯސް ކުރިއަށް ގެންދަނީ ކުދިން ތިބި ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް ބްލެންޑެޑް މޯޑަށެވެ. އަދި ކޮންމެ ސެމިސްޓާ އަކު ތިން ބްލޮކަށް ކުދިންނާއި ލެކްޗަރަރއިންނާ ދިމާވާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *