ވިލާ ކޮލެޖްގައި ޖިމެއް ހުޅުވައިފިއެވެ. ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައި ހުޅުވުނު މި ޖިމް އަކީ ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރުމަށް ހުޅުވުނު ފެސިލިޓީއެކެވެ.
މި ޖިމްނެޒިއަމް ހުޅުވުމުގެ މަޤްސަދަކީ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމާއި މުވައްޒަފުންނާއި ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމެވެ.
މި ޖިމް ރަސްމީކޮށް ހުޅުއްވައިދެއްވި ދިވެހިރާއްޖޭގެ ކޮމިޝަނަރ އޮފް ސްޕޯޓް މުޙައްމަދު ތޮލާލެވެ. ޖިމް ހުޅުވައި ދެއްވުމަށްފަހު، ޠޮލާލް ވިދާޅުވީ، ހުރިހާ އުމުރެއްގައި ވެސް ކަސްރަތުކޮށް ދުޅަހެޔޮ ތިބުމުގެ މުހިންމު ކަމަށާއި، މިއަދުގެ ދުނިޔޭގައި ފިޓްނަސްއަށް އިސްކަންދިނުމަކީ ވަގުތު ނެތުމުގެ ސަބަބުން އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކެމްޕަހުގެ ތެރޭގައި ފިޓްނަސް ސެންޓަރެއް އޮތުމަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއްކަން ތޮލާލް ފާހަގަކުރެއްވި އެވެ.

މި ފެސިލިޓީގެ ސަބަބުން ފިޓްނަސް ރޫޓިންތަކުގައި ބައިވެރިވެ، ދަރިވަރުންނާއި މުވައްޒަފުން ދުޅަހެޔޮކަމަށް އިސްކަން ދިނުމަށް ޖާގަ ލިބިގެން ދާނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.
ވިލާ ކޮލެޖުން ބުނީ، މި ޖިމް، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށްފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ހުޅުވިފައި ހުންނާނީ ފަތިހު 5:00 އިން 10:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

ވިލާ ކޮލެޖަށް ޖިމެއް އިތުރުވުމަކީ ވިލާ ކޮލެޖަށް ދިރުން ގެނައުމަށް ކުރާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ވިލާ ކޮލެޖުގެ މާހައުލަކީ ދަރިވަރުންގެ ތައުލީމަށް އިސްކަން ދޭ ތަނެއްގެ އިތުރުން ޖިސްމާނީ ސިއްޙަތަށް އިސްކަން ދޭ ތަނަކަށް ކޮލެޖުގެ މާހައުލު ވެގެން ދާނެ ކަމަށް ވެސް އެ ކޮލެޖުން ބުނެއެވެ.
advertisment
ހިޔާލު