ފާއިތުވި 2023-2022 ވަނަ އަހަރު އިހަވަންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަކީ ފާތިމަތު ޝައިހާ އަބްދުއް ސައްތާރާއި ޢާއިޝަތު އަފާ އަޝްރަފެވެ.
ޝައިޙާ ހޮވުނީ ސާނަވީން އެއްމެ މޮޅު ދަރިވަރަށެވެ. އަފާ ހޮވުނީ މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށެވެ. މި ދަރިވަރުންނަށް އިނާމް ހަވާލުކޮށް ދެއްވީ ރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އަޙްމަދު މުޙައްމަދެވެ.
މަތީ ސާނަވީން އެއް ވަނަ ހޯދި، އަފާ ވަނީ ދެ އޭ ސްޓަރ އާއި ތިން އޭ ހޯދައިގެން މަތީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ. އަފާ ވަނީ ސްކޫލުގެ ޕްރިފެކްޓް ކަމާއި ހެޑް ޕްރިފެކްޓް ކަމާއި ހެލްތް އެންޑް އެންވަޔަރަމަންޓް ކުލަބުގެ ރައީސްގެ އިތުރުން ސްކޫލުގެ ކެޕްޓަން ކަމުގެ ޒިންމާ ވެސް އަދާ ކޮށްފައެވެ.
ސާނަވީން އެއް ވަނަ ހޯދި ޝައިޙާ ވަނީ ހަ އޭ ސްޓަރ އާއި ދެ އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ. ޝައިހާ ވަނީ، ސީނިއަރ ޕްރިފެކްޓް ކަމާއި ކެޑޭޓް ކޮމްޕަނީ ކޮމާންޑަރ ކަމާއި ހިރުނދު ހައުސްގެ ކެޕްޓަން ކަމުގެ އެ އިތުރުން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ކަމުގެ ޒިންމާ އަދާކޮށްފައެވެ.
advertisment
ހިޔާލު