ކޮން އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ 21 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައެވެ.
މި އަހަރު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހުގެ ޝިޔާރަކީ، "ގިނަބައްސަ ތަޢުލީމް: ޖީލުތަކުގެ މެދުގައި އުނގެނުމުގެ ތަނބެއް."
ކޮންމެ އަހަރަކުވެސް މާދަރީ ބަހުގެ ދުވަސް ކުލަގަދަކޮށް ސްކޫލްތަކުން ފާހަގަކުރެއެވެ. މި އަހަރުވެސް ސްކޫލްތަކުން ވަނީ އެ ދުވަހަށް ދުރާލާ ތާއްޔާރުވެފައެވެ.
މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރާއިރު ސްކޫލްތަކުގެ ދަރިވަރުން ކިޔަވަން ނުކުތީ ވެސް ޤައުމީ ހެދުމެއްގައެވެ. ސްކޫލްތަކުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ވެސް ދުވަހާ ގުޅޭ ދިވެހި ބަހުގެ ހަރަކާތްތަކަށެވެ.
ބައެއް ސްކޫލްތަކުން މި ދުވަސް ފާހަގަކުރަން ފެށީ އެކަމަށް ބޭއްވި ޚާއްޞަ އެސަމްބްލީއަކުންނެވެ. މި އެސަމްބްލީގައި ދިވެހި ބަހުގެ ތަފާތު ހުށަހަޅުންތަކެއް ދަރިވަރުން ހުށަހެޅިއެވެ.
ދުނިޔޭގެ ބާދަރީ ބަހުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން އދ.ން ނިންމީ 1999 ވަނަ އަހަރުއެވެ. އޭގެ ފަހުން މިއަދަކީ ދުނިޔޭގައި ފާހަގަކުރެވޭ 24 ވަނަ މާދަރީބަހުގެ ދުވަހެވެ.
advertisment
ހިޔާލު