މޯލްޑިވްސް ޕޮލިސް އާއި ރެހެންދި ސްކޫލާ ގުޅިގެން އެ ސްކޫލުގައި ޓްރެފިކް މޮނިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ރެހެންދި ސްކޫލުގެ 43 ދަރިވަރުންނާއި 4 މުވައްޒަފުން ބައިވެރިވެއެވެ. ރެހެންދި ސްކޫލުން ބުނީ، މި ތަމްރީނު ޕްރޮގްރާމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އަދި ޓްރަފިކް ހުރިހާ ޤަވާއިދުތަކެއް ކިޔައިދޭނެ ކަމަށެވެ.
ރެހެންދި ސްކޫލުން ބުނީ މިހާރުވެސް ތަމްރީން ލިބިފައިވާ ދަރިވަރުން ކޮންމެ ދުވަހަކު ވެސް މަގުމަތި ބެލެހެއްޓުމުގައި ޕޮލިސް އާއި އެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް މާލެއާއި އަތޮޅުތަކުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދިނުމާއެކު ކްލާސްތައް ކުރިއަށް ގެންދެއެވެ. އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު މުއާމަލާތުކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އޭގެ އިތުރުން، ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.
advertisment
ހިޔާލު