ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ފާއިތުވި 2023-2022 ވަނަ އަހަރު އެ ސްކޫލުގެ ގުރޭޑް 10ބީ 1ގެ ދަރިވަރު ޔަޝާ ޝާފީ ޝަފީޤު ހޯދައިފިއެވެ. ދެ ވަނަ ހޯދީ، ގުރޭޑް 10އެސް 1 ގެ ދަރިވަރު ޢާފް ޢަލީ އަޙްމަދެވެ. ތިން ވަނަ ދަރިވަރަކީ 10އެސް 2ގެ ދަރިވަރު އާއިޝަތު ޙަމްނާއެވެ.
މި ޝަރަފުވެރި ދަރިވަރުންނަށް އިނާމް ހަވާލުކޮށް ދެއްވީ، އިއްޔެ ހަވީރު، ހުރަވީ ސްކޫލުގައި ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދެވެ.

އެއްމެ މޮޅު ދަރިވަރަކަށް ހޮވުނު ޔަޝާ އަކީ ފާއިތުވި އަހަރު ހުރަވި ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. ޔަޝާ ވަނީ ސާނަވީ އިންތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނަ ހޯދާފައެވެ.
ދެ ވަނަ ދަރިވަރަކަށް ހޮވުނު ޢާފްއަކީ ފާއިތުވި އަހަރު ހުރަވީ ސްކޫލުގެ ކެޕްޓަނެވެ. އޭގެ ކުރިން އޭނާ ވަނީ ކައްތިރި ހައުސްގެ ކެޕްޓަންކަމުގެ ޒިންމާ އަދާކޮށްފައެވެ. ގުރޭޑް 8ން ފެށިގެން ހުރަވީ ސްކޫލުގައި ކިޔަވަން ފެށި ޢާފް ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ.
ތިން ވަނަ ހޯދި ހަމްނާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ.
advertisment
ހިޔާލު