ލަންކާއާއި މެލޭޝިއާގައި ދިވެއްސާއި އިސްލާމް އަލުން ކިޔަވައިދޭން ފަށަނީ

ސްރީ ލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމް ކިޔަވައިދިނުން މިހާރު އޮތީ ހުއްޓިފައި ކަމަށާއި، އަންނަ ހަފުތާއިން ފެށިގެން އަލުން ކިޔަވައިދޭން ފަށާނެ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ދިވެއްސާއި އިސްލާމް އެ ދެ ޤައުމުގައި ކިޔަވއިދިން ނަމަވެސް އެކަން ހުއްޓިފައި އޮތީ މިދިޔަ ސަރުކާރުގައި އަޅައިލުން ކުޑަވުމުގެ ސަބަބުން ކަމަށެވެ.

ތ. ވަންދޫގައި ވާހަކަ ދައްކަވަމުން ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި ދިވެއްސާ އިސްލާމް ކިޔަވައި ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ދެ ޤައުމުގެ އިތުރުން ދިވެހިން ދިރިއުޅޭ އެހެން ޤައުމުތަކުގައި ވެސް ދިވެއްސާއި އިސްލާމް ކިޔަވައިދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބޭރު ޤައުމުތަކުގައި އުޅޭ ދިވެހިންނަށް އިސްލާމާއި ދިވެހި ބަސް ކިޔަވައިދޭން ފެށީ 2014 ވަނަ އަހަރުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *