ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަހި ސުފުރާގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މިއީ ދިވެހީންގެ ތެރެއިން ކާބޯތަކެތި އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރެކެވެ. މި ބާޒާރު ކުރިއަށް ދާނީ އަންނަ މާރޗް މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ. އެ ދެ ދުވަހު މި ބާޒާރު ކުރިއަށް ގެންދަނީ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި، ކޮންމެ ދުވަހަކު 14:00 ން 18:00 އަދި 20:00 ން 22:00 އަށެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، މި ބާޒާރުގެ މައިގަނޑު މަޤްޞަދަކީ، ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަދި މީގެ އިތުރުން އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އައު ކާބޯތަކެތީގެ ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނެ މާޙައުލެއް އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ދިވެހި އުފެއްދުންތެރިންނަށް އެފުރުސަތު ފަހި ކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.
މި ބާޒާރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 24 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ 23:00 ގެ ކުރިން ތިރީގައިވާ ލިންކު ބޭނުން ކުރައްވައިގެން ފޯރމު ހުށަހެޅޭނެއެވެ. މި ބާޒާރުގައި ބައިވެރިވުމުށް އެއްވެސް ފީއެއް ނުނެގޭނެއެވެ. އަދި ސްޓޯލްތައް ހަމަޖައްސައި ދޭނީ ހަމަކުރަން ޖެހޭ ހުރިހާ ތަކެއްޗެއް ހަމަކޮށް ފޯރމު ހުށާހަޅާ ތަރުތީބުން ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
ފޯރމު ލިންކް:http://bit.ly/494QV0j
advertisment
ހިޔާލު