ސޯޝިއަލް ސާވިސްވޯކްގެ ދާއިރާއިން ހިލޭ ކިޔެވުމުގެ ފުރުޞަތު ގދ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ފަހިކޮށްދީފިއެވެ. މި ސޮކޮލަރޝިޕަކީ ތިނަދޫގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ސްކޮލަރޝިޕެކެވެ.
އެ ކޮމިޓީން ބުނީ، އެޑްވާންސް ސެޓްފިކެޓް އިން ސޯޝިއަލް ސަރވިސްވޯކް ކޯސްއަށް ދެ ޖިންސަށް ހުޅުވައިލައިގެން 4 ފަރާތަކަށް ދޭނެ ކަމަށެވެ. އެ ފުރުޞަތު ދެނީ ދިވެހި ރާއްޖޭއްގެ ޤައުމީ ޔުނިވަރސިޓީން އިޢްލާން ކޮށްފައިވާ އެޑްވާންސް ސެޓްފިކެޓް އިން ސޯޝިއަލް ސާރވިސްވޯކް ކޯހުގެ ޝަރުތު ފުރިހަމަވާ، އަދި އެ ކޯހަށް ކުރިމަތިލާފައިވާ، 18 އަހަރާއި 45 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
ޝައުޤުވެރިވާ ފަރާތްތަކުން ފެބުރުވަރީ މަހުގެ އަށް ވަނަ ދުވަހުގެ 12:00 ގެ ޑަބްލީސީއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.
ތިނަދޫ ޑަބްލިޔުޑީސީގެ މި ސޮކޮލަޝިޕްގެ ދަށުން ކިޔެވަންޖެހެނީ އެމްއެންޔޫގެ ތިނަދޫ ކެމްޕަސްގައެވެ.
ގދ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނީ، މިދިޔަ އަހަރު ތަޢާރަފު ކުރި އެ ކޮމިޓީގެ ސޮކޮލަރޝިޕްގެ ދަށުން މިހާރުވެސް ތިން ދަރިވަރުން ކިޔަވަމުން ގެންދާ ކަމަށެވެ. މިދިޔަ އަހަރު ހުޅުވާލީ ކަށުކަމާކެމީގެ ދާއިރާއިންނެވެ.
advertisment
ހިޔާލު