ސްކޫލު ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަދޭން އިންޓަވިއުކުރަން ފަށައިފި

ޒުވާން ޚަޠީބު ޕްރޮގްރާމުގެ ތެރެއިން ސްކޫލުތަކުގެ ދަރިވަރުންނަށް ޖަމާއަތުގައި ހުކުރު ނަމާދު ކުރުމަށް ހުއްދަ ދިނުމަށް އިންޓަރވިއުކުރުމުގެ މަސައްކަތް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ، އިންޓަރވިއުތަކަށް ފަހު ބައިވެރިންނަށް އިމާމްކަންކުރުމާއި ޚުޠުބާ ކިޔުމާ ގުޅޭ ގޮތުން ޚާއްޞަ ތަމްރީނެއް ދޭނެ ކަމަށެވެ. އެ ތަމްރީނު ފުރިހަމަކުރުމަށް ފަހު ބައިވެރިންނަށް ހުކުރުކުރުމުގެ ހުއްދަ ދޫކުރާނެ ކަމަށެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހުކުރުކުރާނެ މީހުންނާއި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފެއްދައި ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *