ސައްޙަ ނޫން "ލޯކަލް ސަނަދު" ތަކެއް، މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށައަޅަނީ

ސައްޙަ ނޫން "ރިކޮގްނިޝަން" ތައްގަނޑެއް ބޭނުންކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސަނަދު ތަކެއްގެ މައްސަލަ އެ އޮތޯރިޓީގެ ސަމާލުކަމަށް އައުމާއެކު އެ މައްސަލަ ބަލަން ކަމާބެހޭ އިދާރާތަކަށް ހުށައަޅަން ނިންމައިފިއެވެ.

އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، " އެފަދަ ކަންކަމަކީ އެ އޮތޯރިޓީގެ މުވައްޒަފެއްގެ ޙައްޤަށް ލިބޭ އުނިކަމެކެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތާ މެދު އާންމުންގެ މެދުގައި ސުވާލު އުފެއްދުމަށް މެދުވެރިވާ ކަމެކެވެ. މިކަން މި އޮތޯރިޓީން ހަރުކަށި އިބަރާތުން ކުށްވެރި ކުރަމެވެ. އަދި މި މައްސަލަ ބަލައި ދިނުމަށް އެދި ކަމާ ގުޅުން ހުރި ފަރާތްތަކަށް ހުށައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދެންނެވީމެވެ"

އެމްކިޔުއޭއިން ބުނީ، އެ ސައްޙަނޫން ސަނަދުގެ މައްސަލަ ސަމާލުކަމަށް އައުމާ ގުޅިގެން، ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ދާ ކަމަށާއި މިފަދަ ކަންކަމަށް މަތީ ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކުން ސަމާލުކަން ދިނުމަކީ އެ އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެ އޮތޯރިޓީން ބުނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތަކުގައި " ރިކޮގްނިޝަން" ތައްގަނޑު ޖެހުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *