ހޮނިހިރު ދުވަހު ޢާންމުކޮށް ކިޔަވައިދޭން ނާންގަން: އެޑިޔުކޭޝަން

ހޮނިހިރު ދުވަހުގައި ޢާންމުކޮށް ކިޔަވައިދޭން މިނިސްޓްރީ އިން އަންގާފައެއް ނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސިލަބަސް ކަވަރުކުރުމަށްޓަކައި ހޮނިހިރު ދުވަހުގައި ކިޔަވައިދޭ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ސިލަބަސް ކަވަރުކުރުމަށްޓަކައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ދިރާސީ އަހަރުގެ ކަލަންޑަރުގައި ކިޔަވައިދިނުމަށް އެކަށައަޅާފައިވާ ދުވަސްތަކުގައި ކަމަށާއި، އެނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއް ކަމަށެވެ.

" ހޮނިހިރު ދުވަހުގައި ޢާންމުކޮށް ކިޔަވައިދޭން މިނިސްޓްރީ އިން އަންގާފައެއް ނުވާނެ. އަދި އެގޮތަށް ހުއްދައެއް ދީފަވެސް ނުވާނެ" އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ހޮނިހިރު ދުވަހަކީ އާންމުކޮށް ކިޔަވައިދޭ ދުވަހަކަށް ނުވި ނަމަވެސް އެކި ސަބަބުތަކާ ހުރެ ގެއްލޭ ފިލާވަޅުތަކާއި ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމެންޓް ކުލާސްތައް އަބަދުވެސް ސްކޫލްތަކުން ހަފްތާ ބަންދުގައި ކުރިއަށް ގެންދާ ކަމަށެވެ. އެކަމުގައި މިނިސްޓްރީގެ ހުރަހެއް ނެތް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *