އެމްއެންޔޫގެ ތިން ފެކަލްޓީއެއްގެ ޑީނުންގެ ގޮތުގައި ނާދިޔާ، ޒީނަތު، ޑރ. ޝީޒާ ހަމަޖައްސައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިން ފެކަލްޓީއަކަށް ޑީނުން އައްޔަން ކުރައްވައިފިއެވެ. ޑީނުން އައްޔަން ކުރެއްވީ އެ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ޑީނުން އައައްޔަން ކުރެއްވީ:

  • ނާދިޔާ އަޙްމަދު – ފެކަލްޓީ އޮފް އެޑިޔުކޭޝަން
  • ޒީނަތު ސޯލިޙް- ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
  • ޑރ. ޝީޒާ އަލީ – ސްކޫލްސް އޮފް މެޑިސިން

ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ހަމަޖެއްސެވި ނާދިޔާ، ކުރިން ހުންނެވީ އެ ޔުނިވަރސިޓީގެ ސީއެފްއެސްގެ ސީނިއަރ ލެކްޗަރާ އަކަށެވެ. އޭގެ ކުރިން 2016ން 2020 ވަނަ އަހަރު، ޑީން އޮފް ސްޓޫޑެންޓްގެ މަގާމް އަދާކުރެއްވިއެވެ. އަދި 2016ން 2020އަށް ހުންނެވީ އެމްއެންޔޫގެ އެގްޒަމިނޭޝަން ކޮންޓްރޯލަރުގެ މަޤާމުގައެވެ. ނާދިޔާ، މާސްޓަރސް ހެއްދެވީ ޓެކްނޮލޮޖީގެ ދާއިރާއިންނެވެ.

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ މިހާރުގެ ޑީން އަކީ ވެސް ޒީނަތެވެ. މާސްޓަރސް އޮފް އާޓްސް އިން ހޮސްޕިޓަލިޓީ މޭންޖްމަންޓްގެ ދާއިރާއިން މަތީ ތަޢުލީމް ހާޞިލް ކުރައްވާފައިވާ ޒީނަތު، އެ ފެކަލްޓީގެ ޑީނަކަށް އައްޔަން ކުރެއްވީ 2020 ވަނަ އަހަރުއެވެ. 1999 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަނީ އެ ފެކަލްޓީގައެވެ.

ސްކޫލްސް އޮފް މެޑިސިންގެ ޑީނަކަށް އައްޔަން ކުރެއްވި ޝީޒާ، އެ ސްކޫލް އުފެއްދުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވިއެވެ. 2017ން 2018އަށް ހުންނެވީ ޕްރޮޖެކްޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން 2018ން 2022 ވަނަ އަހަރަށް އެ ސްކޫލުގެ ޑީންގެ މަޤާމް އަދާކުރެއްވިއެވެ.

ޝީޒާއަކީ ލޮލުގެ ޑޮކްޓަރެކެވެ. 9995 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިއްޚީ ދާއިރާގައެވެ. އަދި އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހައްދަވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *