މަންހަޖުގައި ޤައުމިއްޔަތު މާއްދާ ހިމަނައި، އަންނަ އާދީއްތަ ދުވަހުން ފެށިގެން 11 ސްކޫލެއްގައި ކިޔަވައިދޭން ފަށަން ތައްޔާރު ވެއްޖެއެވެ. ޤައުމިއްޔަތު މާއްދާ ޕައިލެޓް ކުރަން ފުރަތަމަ ފަށަނީ ގްރޭޑް 4 އަށެވެ.
ޤައުމިއްޔަތު މާއްދާ ޕައިލެޓް ކުރަން ނިންމާފައިވާ 11 ސްކޫލުގެ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ފޯކަލް ޕޮއިންޓުންނަށް ޚާއްޞަ ސެޝަނެއް މިއަދު ވަނީ ބާއްވާފައެވެ. ނެޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިޔުކޭޝަންގެ ފަރާތުން މި ޝެޝަން ކުރިއަށް ގެންދިޔައީ އޮންލައިން ކޮށެވެ.

މިސެޝަންގައި ޤައުމިއްޔަތު މާއްދާގެ ތަޢާރަފްއާއި މަންހަޖުގައި މާއްދާ އެކުލަވާލެވިފައިވާ ގޮތާއި ކިޔަވައިދޭނެ ގޮތުގެ މައުލޫމާތު ޙިއްޞާކޮށްދެއްވީ ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ ސީނިޔަރ ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނެލިސްޓުން ކަމުގައިވާ ޢައިޝަތު ސަމިއްޔާއާއި ފާތިމަތު އައިރީން އަދި ޝިޔާމާ އަބޫބަކުރެއެވެ.
މިއަދު ނެގި ޝެޝަންގައި، ޤައުމިއްޔަތު މާއްދާގެ ތަޢާރަފެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޤައުމިއްޔަތަކީ ތިމާގެ އަމިއްލަ ޤައުމާމެދު ހިތުގައި އޮންނަ ފަޚުރުވެރިކަމާއި ލޯބީގެ ޚާއްޞަ ޝުޢޫރެކެވެ.
ތަޢުލީމީ ވުޒާރާއިން ބުނެފައި ވަނީ، ޤައުމިއްޔަތު މާއްދާގެ ބޭނުމަކީ ދިވެހިވަންތަކަންހުރި ދިވެހިގައުމު ދެކެލޯބިވާ ޤައުމާމެދު ވިސްނައި ފަޚުރުވެރިވާ ދަރިވަރަކު އުފެއްދުން ކަމަށެވެ.
މަންހަޖުގައި ޤައުމިއްޔަތު މާއްދާ އެކި ކީސްޓޭޖަށް ބަހާލެވިފައި ވީނަމަވެސް ހުރިހާ މާއްދާތަކުގައި އަދި ގްރޭޑް ތަކުގައި ޤައުމިއްޔަތުގެ ބަހާތައް ހިމެނިފައިވެއެވެ. އަދި ހުރިހާ ގްރޭޑް ތަކެއްގައިވެސް ޤައުމިއްޔަތު ކިޔަވައިދެވޭނެ ކަމަށް މިއަދު ބޭއްވި ސެޝަންގައި އެންއައިއީން ބުނެފައިވެއެވެ.
advertisment
ހިޔާލު