ހުރަވީ ސްކޫލުގެ ފަސް ވަނަ އަހަރީ ދުވަހުގެ ޕެރޭޑް ބާއްވައިފި

ހުރަވީ ސްކޫލުގެ ފަސް ވަނަ އަހަރީ ދުވަހުގެ ޕެރޭޑް އިއްޔެ ހަވީރު، ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ބާއްވައިފިއެވެ. މި ޕްރޭޑްގައި އެ ސްކޫލުގެ ޔުނިފޯމް ބޮޑީސްތަކުން ބައިވެރިވިއެވެ.

މި ހިނގާލުމުގައި އެ ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން ބައިވެރިވިއެވެ. ފަސް ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށީ އިއްޔެ ރޭ އެ ސްކޫލުގައި، ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ.

ހުރަވީ ސްކޫލް ހުޅުވީ، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު، 750 ދަރިވަރުންނާއެކު އެއް ދަންފަޅިއަށެވެ. ފަސް އަހަރުގެ ތެރޭގައި އެ ސްކޫލުގެ އާބާދީ 2000 އަށް އަރާފައިވާއިރު، ކިޔަވައި ދެމުން ގެންދަނީ ދެ ދަންފަޅިއަށެވެ.

ހުރަވީ ސްކޫލުގެ އަހަރީ އެސަމްބްލީ އިއްޔެ ބޭއްވީ ދެ ދަންފަޅިއަށް ވަކިންނެވެ. ހެނދުނު ދަންފަޅީގައި ބޭއްވި އެސަމްބްލީގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދެވެ.

މެންދުރު ދަންފަޅީގައި ބޭއްވި އެސަމްބްލީގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ އެ ސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އާއިޝަތު ޒުހުރުބާނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *