މޫސުމީ ބަދަލުތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި އަލަށް ފަށާ ބެޗެލަރސް ޑިގްރީ ކޯސް އެމްއެންޔޫގައި

Tropical beach in Maldives with palm trees and vibrant inviting lagoon

މޫސުމީ ބަދަލުތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ފަށާ ބެޗްލަރސް ޑިގްރީ ކޯސް އެމްއެންޔޫގައި ފަށަން ތައްޔާރުވެއްޖެއެވެ.

" ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް" ގެ ނަމުގައި ފަށާ މި ކޯހުގައި ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފެބުރުއަރީ އިންޓޭކުގައި މި ކޯހުގެ ކިޔެވުން ފަށާނެއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، މި ކޯހުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ފަހަތުގައިވާ ސައިންސާއި، ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި، އޭގެ އަސަރު ކުޑަކޮށް، އެކަމަށް އަހުލުވެރިކުރުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި ވަސީލަތްތައް ފުރިހަމައަށް ދެނެގަނެވޭނެއެވެ.

ރާއްޖެއަކީ މުރަކައިގެ ފަރުތަކުން އުފެދިފައިވާ ބިންތިރި ޤައުމަކަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލަށް ވަރަށް ބޮޑު އަސަރެއް ދަނީ ކުރަމުންނެއެވެ. މިހެންވެ މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކޮށް، އެ ދާއިރާއިން ކުރެވޭ ރިސަރޗްތައް އިތުރުކޮށް، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ލީޑަރުން އުފައްދަން ޖެހެއެވެ. ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް" ޕްރޮގްރާމް ރާވާފައި ވަނީ އެ މަޤްޞަދު ހާޞީލްވާ ގޮތަށް ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ދާރާއިން ފަންނީ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންވެފައިވާ ޤައުމަކަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ބަދަލުގައި ދިވެހިން ނެރުމަށް މި ކޯހުން ބާރުއަޅާނެ ކަމަށެވެ.

ބްލެންޑެޑް މޯޑަށް ގެންދާ މި ކޯހުގައި ކުލާހަށް ހާޒިރުވެގެން ކިޔަވަން ޖެހެނީ ސެމެސްޓަރއަކު ތިން ފަހަރުއެވެ.

ކޯހަށް ވަނުމުގެ ޝަރުޠަކީ، ޖީސީއީ އޭ ލެވެލްއިން 2 ދެ މާއްދާއިން ފާސްވުމެވެ. ދެ މާއްދާގެ ތެރޭގައި ސައިންސް މާއްދާއެއް ހިމެނެންޖެހެއެވެ. ނުވަތަ  އޭ ލެވެލްއިން 2 މާއްދާއިން ފާސްވެފައި ވުމާއި ސައިންސް މާއްދާއަކުން އޯލެވެލްގައި ފާސްވެފައި ވުން ނުވަތަ ކަމާގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ. އަދި ސައިންސްގެ ލެވެލް 4 ފައުންޑޭޝަން ސްޓަޑީޒް ކޯހެއް ފުރިހަމަ ކޮށްފައިވާ ނަމަ ވެސް މި ކޯހަށް ޝަރުޠު ހަމަވާނެއެވެ.

އަދި އިނގިރޭސި ބަހުން ސެޓިފައިޑް ޕްރޮފިސިއެންސީ (ޖީސީއީ އޯލެވެލް އިންގްލިޝް ފާސް/ އައިޖީސީއެސްއީ އިންގްލިޝް ފާސް/ އެމްއެންޔޫ އިންގްލިޝް ލެންގުއޭޖް ކޮމްޕިޓެންސީ ޓެސްޓް ނުވަތަ އެއާ އެއްވަރު) ގެ ފާހެއްވެސް އޮންނަން ޖެހެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *