ދިޔަމިގިލީ ސްކޫލުގެ ހުރިހާ ކުލާސްރޫމް ތަކުގައި ޓީވީ ހަރުކޮށްފި

ދިޔަމިގިލީ ސްކޫލުގެ ޑިޖިޓަލައިޒޭޝަންގެ ޕްރޮގްރާމުގެ ދަށުން ހުރިހާ ކުލާސްތަކުގައި ޓީވީ ހަރުކޮށްފިއެވެ.

10 ކޫލާސް ރޫމަށް ބޭނުންވާ ޓީވީތައް ހަދިޔާ ކުރީ އެ ސްކޫލުގެ ބެލެނިވެރިންނެވެ. ޓީވީތައް ހަރުކޮށް، އެ ސްކޫލުގެ ކަރަންޓް ވައިރިންގެ މަސައްކަތްތައް ރަނގަޅު ކޮށްދިނީ، އެރަށު ކައުންސިލުގެ ފަރާތުންނެވެ.

ދިޔަމިގިލީ ސްކޫލުގެ ޕްރިންސިޕަލް ޔޫސުފު ޒަކަރިއްޔާ ވިދާޅުވީ، ކުލާސްތަކުގައި ޓީވީތައް ހަރުކުރުމުން ކިޔަވައި ދިނުމަށް ލުއިތަކެއް ލިބޭނެ ކަމަށާއި އެއީ ދަރިވަރުންނާއި މުދައްރިސުންނަށް ލިބުނު ފަސޭހައެއް ކަމަށެވެ.

ދިޔަމިގިލީ ސުކޫލްގެ ކުލަސްރޫމްތަށް ޑިޖިޓަލް ކުރުމުގެ ޕުރޮގްރަމްގެ ތެރެއިން، ކުލާސްރޫމް ތަކުގައި ޓީވީ ހަރުކުރުމަށް ދިޔަމިގިލީ ކައުންސިލުން ދެއްވި އެހީތެރިކަމަށް އެ ސްކޫލުން ޚާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި ހަމަ މިއާއެކު، ކުލާސްރޫމް ތަކުގައި ޓީވީ ހަރުކުރުމަށް ޓީވީ ހަދިޔާ ކޮއްދެއްވި ކަމަށްޓަކައި ދިޔަމިގިލީ ސުކޫލްގެ އެންމެހާ ބެލެނިވެރިންނަށް ނުހަނު ލޯތްބާއެކު ޝުކުރުދަންނަވަމެވެ.

ގުރޭޑް 10އާ ހަމައަށް ކިޔަވައިދެމުން އަންނަ ދިޔަމިގިލީ ސްކޫލުގައި 170 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *