ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން ޤުރްއާނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ތަކެއް 

ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މިމަރުކަޒުގެ ފަރާތުން ޤުރްއާނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފަށަން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ފަށަން ނިންމައިފިއެވެ.

އެ މަރުކަޒުން ވަނީ، ބަލައިގެން ކިޔެވުމަށް އަހުލުވެރި ކުރުވުމާއި، ހާފިޒުންނަށް އަމާޒުކޮށްގެން މުރާޖަޢާ ކުރުމުގެ ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނީ، އެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު 15 ޖަނަވަރީ 2024 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި، އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ 24 ޖަނަވަރީ 8 އޭޕްރީލަށް ކަމަށެވެ.

އެ ކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު އެ މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv )  ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *