މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފްއެގްޒެކެޓިވް އޮފިސަރަކަށް ޑރ. ޒަހުރާ މުޙައްމަދު ހަމަޖައްސަވައިފިއެވެ.

ޑރ. ޒަހުރާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވިލާ ކޮލެޖްގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައެވެ. އޭގެ ކުރިން އޯކްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގައި ރިސަރޗް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ޑރ. ޒަހުރާ ޕީއެޗްޑީ ހެއްދެވީ، ތަޢުލީމީދާއިރާއިން ޔުނިވަރސިޓީ އޮފް ވައިކަޓޫއިންނެވެ.
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ، ޑރ. ޒަހުރާއާއެކު ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާ މިއަދު ބައްދަލު ކުރައްވާފައެވެ.
advertisment
ހިޔާލު