ބަދަލުތަކާއެކު 2023-2024 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު މިއަދު ނެރެފިއެވެ.
ކަލަންޑަރުގައިވާ ގޮތުން ޖެނުއަރީ 21ން ފެބުރުއަރީ މަހުގެ 14އަށް ގުރޭޑް 11އަދި 12ގެ ދަރިވަރުންގެ އިމްތިހާން ކުރިއަށް ދާނެއެވެ. ގުރޭޑް 10ގެ ދަރިވަރުންގެ މޮކް އެގްޒާމް ކުރިއަށް ދާނީ 25 ފެބުރުއަރީން މާރޗް 14އަށެވެ.
ރޯދަ މަހުގެ ފަހު ދިހައާއި އީދު ބަންދަށް، 31 މާރޗުން އެޕްރީލް 12 ބަންދުވާނެއެވެ. އެއީ ދެވަނަ ޓާމުގެ މިޑް ބްރޭކެވެ.
ގުރޭޑް 7ން ފެށީގެން ނުވައެއްގެ ދެވަނަ ޓާމުގެ ޓެސްޓް ކުރިއަށް ދާނީ އެލްރީލް މަހުގެ 16ން 27 އަށެވެ.
ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ލިބޭނީ މެއި އެއްވަނަ ދުވަހުން ފެށިގެންނެވެ. ދިރާސީ އާ އަހަރު ފަށާނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.
ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު ދެވަނަ ޓާމުގައި ކިޔަވައިދޭނީ 78 ދުވަހުއެވެ.
ދިރާސީ އާ އަހަރު 2024-2025 ގައި ކިޔަވައި ދޭނީ 180 ދުވަހުއެވެ. ފުރަތަމަ ޓާމް ކުރިއަށް ދާނީ 2024 ވަނަ އަހަރުގެ މެއި 26ން 26 ސެޕްޓެމްބަރަށެވެ. ދެ ވަނަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ 6 އޮކްޓޯބަރުން 2025ގެ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހަށެވެ.
advertisment
ހިޔާލު