ދެ ވަނަ ޓާމުގެ ކިޔެވުން ފަށައިފި

ދެ ވަނަ ޓާމުގެ ކިޔެވުން ސްކޫލްތަކުގައި މިއަދު ފަށައިފިއެވެ. ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުން ފެށީ ޤުރުއާނާއި ޤައުމީ ސަލާމުންނެވެ. ކޮންމެ ދުވަހެއްގެ ވެސް ޤައުމީ ސަލާމުން ކިޔައިވައިދިނުން ފަށަން ސްކޫލްތަކަށް ތައުލީމީ ވުޒާރާއިން ވަނީ އަންގާފައެވެ.

ފުރަތަމަ ޓާމުގައި 93 ދުވަހު ކިޔެވުމަށްފަހު، ދަރިވަރުންނަށް ފުރަތަމަ ޓާމުގެ ޗުއްޓީގެ ގޮތުގައި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 16 ދުވަސް ލިބުނެއެވެ.

ދެވަނަ ޓާމުގައި 108 ދުވަހު ކިޔަވައިދޭނެއެވެ. ގުރޭޑް 11ގެ ދަރިވަރުންގެ ފުރަތަމަ ޓާމުގެ ޓެސްޓް ކުރިއަށް ދާނީ ޗުއްޓީއަށްފަހު، ޖެނުއަރީ 21ން ފެބުރުއަރީ އަށަކަށެވެ.

ފާއިތުވި އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު 94،192 ދަރިވަރުންނަށް ކިޔަވައިދޭން 9،835 މުދައްރިސުން މަސައްކަތް ކުރަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *