އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ)ގެ ސީއީއޯގެ މަޤާމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ފިޒާނާ ރަޝީދު މިއަދު އައްޔަން ކުރައްވައިފިއެވެ.

އެ މަޤާމަށް ފިޒާނާ އައްޔަން ކުރައްވައި، އޭނާއަށް މަރުހަބާ ދަންނަވައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ އެމްކިޔުއޭގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އެ އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެމްކިއުއޭގެ ސީއީއޯގެ މަޤާމުގައި ކުރިން ހުންނެވީ ޑރ. އަބްދުލް ހައްނާނެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ފިޒާނާ ހުންނެވީ އެމްކިޔުއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

ފިޒާނާ ވަނީ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ރެޖިސްޓްރާ ކަމުގެ އިތުރުން،

ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން ކަމުގެ މަޤާމް 2017 އިން 2021 އަށް އަދާކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *