"މަދިރިން ރައްކާ" ކެމްޕޭނުގައި ސްކޫލްތަކުގެ ދަރިވަރުން ވެސް ބައިވެރިވެއްޖެ

ހެލްތު މިނިސްޓްރީ އާއި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެން މަދިރިން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ސާފުކުރުމުގެ ކެމްޕެއިނެއް މިއަދު ފެށިއިރު، އެ ކެމްޕޭނުގައި ސްކޫލްތަކުގެ ދަރިވަރުން ވެސް ބައިވެރިވެއްޖެއެވެ.

މިކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ނާއިބް ރައީސް އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަދު މި ކެމްޕެއިން ފެށިނަމަ ވެސް ކޮންމެ ދުވަހަކީ ވެސް މަދިރި ނައްތާލަން މަސައްކަތް ކުރާ ދުވަހަކަށް ހެދުމަށް އެދިވަޑައިގެންނެވިއެވެ.

މި ޤައުމީ ކެމްޕެއިންގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުން ބައިވެރިވިއެވެ.

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގައިޑުން ވަނީ އެރަށު އަތިރިމަތި ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އއ. މަތިވެރީ ސްކޫލުން ވެސް އެރަށުގައި ކުރިއަށް ގެންދިޔަ ސާފު ކުރުމު ހަރަކާތުގައި ބައިވެރިވިއެވެ. އަދި ދ. ރިނބިދޫ ސްކޫލުގެ ދަރިވަރުން ވެސް އެރަށުަގައި މަދިރި އާލާވާނެ ކަމަށް ބެލެވޭ ތަންތަން ސާފުކުރުމުގައި ބައިވެރިވއިެވެ. ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގައި ޤައުމީ ޔުނިވަރސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރުން ވެސް ބައިވެރިވިއެވެ.

މިއީ ސްކޫލަތަކުގެ ޗުއްޓީ ދުވަސްވަރުކަމަށް ވުމާއެކު ސްކޫލްތަކުން އިސްނަގައިގެން މި ހަރަކާތުގައި ބައިވެރިނުވެއެވެ. ސާފް ކުރުމަށް ކުރިއަށް ގެންދާ މިފަދަ ހުރިހާ ކެމްޕޭނެއްގައި އެންމެ ކުރީގައި މަސައްކަތް ކުރަމުން އައީ ސްކޫލްތަކުންނެވެ. ސްކޫލްތަކުން އަމިއްލަ އިސްނެގުމަށް ވެސް މިފަދަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *