ބ. އޭއީސީއަށް 43 އަހަރު ޚިދުމަތް ކޮށްދެއްވި އަޙްމަދު އަލީ ނިޔާވެއްޖެ

އޭދަފުށީގައި ހުންނަ ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް 43 އަހަރު ޚިދުމަތް ކުރެއްވި އަޙްމަދު އަލީ މިއަދު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ މިއަދު 12:00 ހާއިރު، މަޖީދީ މަގުން، ހުދުމާ ފިހާރަ ކައިރިން ހިނގާފައި ދަނިކޮށް، ހާޓްއެޓޭކެއް ޖެހި، ވެއްޓިގެންނެވެ.

މީގެ ކުރިން ވެސް ހިތުގެ މައްސަލަތަކެއް ދިމާވެގެން ދެ ފަހަރެއްގެ މަތިން އެންޖިއޯ ޕްލާސްޓީ ވެސް އަޙްމަދު އަލީ ވަނީ ހައްދަވާފައެވެ.

އަޙްމަދު އަލީ ވަނީ އެ ސްކޫލުގެ މުދައްރިސެއްގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައެވެ. ބ. އޭއީސީގެ އިތުރުން ބ. އަތޮޅު މަދަރުސާއާއި ގދ. އަތޮޅު މަދަރުސާގައި ވެސް އަޙްމަދު އަލީ މަސައްކަތް ކުރައްވާފައިވެއެވެ.

އަޙްމަދު އަލީ، ވަޒީފާއިން ރިޓަޔާކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭރު ހުންނެވީ ބ. އޭއީސީގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި އެ ސްކޫލުގެ އެންމެހައި މުވައްޒަފުންގެ ނަމުގައި މަޙްރޫމްގެ އާއިލާއަށް އިޙްލާސްތެރި ތައުޒިޔާ އާއި، އަދި، މާތް ﷲ މަރުހޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ބ، އޭއީސީގެ ތައުޒިޔާގެ މެސެޖުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *