ޕީއެޗްޑީގެ ފަސް ފުރުޞަތު ހިމެނޭހެން ތުރުކީން ދޭ 30 ސްކޮލަރޝިޕަށް ހުޅުވާލައިފި

ތުރުކީގައި މިހާރު ކިޔަވަމުންދާ ދަރިވަރުންތަކެއް، ރައީސް ޑރ. މުޙައްމަދު މުއިއްޒުއާއެކު ބޭއްވި ބާއްދަލުވުމުގެ ތެރެއިން: ތުރުކީން ދޭ ސްކޮލަރޝިޕްތައް ވަނީ އިތުރުކޮށްފައި- ފޮޓޯ: ރައީސް އޮފީސް

ތުރުކީން ދޭ 30 ސްކޮލަރޝިޕަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ތުރުކީން ދޭ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ 15 ބެޗްލަރސް ޑިގްރީ، 10 މާސްޓަރ ޑިގްރީ އަދި 5 ޑޮކްޓޯރަލް ޑިގްރީއެވެ.

ޓްރޭނިންގ ނީޑްސް ލިސްޓްގައިވާ އެކިއެކި ދާއިރާތަކުން ދޭ މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ހުރިހާ ޚަރަދެއް (ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް) ހަމަޖައްސާނީ ކޯސް އިންތިޒާމް ކުރާ ފަރާތުންނެވެ. އަދި ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައި ވަނީ ވެސް ކޯސް އިންތިޒާމް ކުރާ ފަރާތުންނެވެ. މިގޮތުން ލިބޭ ޚަރަދުތަކާއި އެހެނިހެން މައުލޫމާތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ  އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ އިޢުލާންނާއި، ވެބްސައިޓާއި، ޓަރކިޔޭ ވެބްސައިޓުގައި ހިމެނިފައިވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ސްކޮލަޝިޕްއަށް ޝައުޤުވެރިވާ ފަރާތަކުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ 13:30 އާ ހަމައަށް "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ އިއުލާނުގައި ބުނެފައިވެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، އެޕްލިކޭޝަންތައް ވަޒަންކޮށް، ނަތީޖާ އާންމުކޮށް އިޢުލާން ކުރާނީ އެ ވުޒާރާގެ ވެބްސައިޓުގައެވެ.

ތުރުކީން ދޭ ސްކޮލަރޝިޕްގެ އަދަދު އިތުރު ކުރީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީއޭއަށް ކުރެއްވި ރަސްމީ ދަތިރުފުޅުގައި ތުރުކީއޭގެ "ޕްރެސިޑެންޓް ފޮރ ޓަރކްސް އަބްރޯޑް އެންޑް ރިލޭޓްޑް ކޮމިއުނިޓީސް އޮފް ދަ ރިޕަބްލިކް އޮފް ތުރުކިއޭ" މރ. އަބްދުﷲ އެރެން އާއެކު ބޭއްވެވި ބައްދަލުމުމަށްފަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *