ރީ ޗެކް ކުރުމުން ޝަރަފުއްދީނުގެ ޔަމީނަށް، ގަދަ ދިހައެއްގެ ތިން ވަނައިން އެއް ވަނަ

ރީ ޗެކް ކުރުމުން. ޝަރަފުއްދީން ސްކޫލުގެ އަލީ ޔަމީން ނަޞީރު ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނިއްޖެއެވެ. ކުރިން އޭނާ ހިމެނުނީ ދިވެއްސާއި އިސްލާމުން އޭ އެއް ލިބިގެން ގަދަ ދިހައެއްގެ ތިން ވަނައިގައެވެ. އެއް ވަނައަށް ދިޔައީ ރީ ޗެކްކުރުމުން އެ ދެ މާއްދާއިން އޭ ސްޓަރ ލިބުމުންނެވެ.

ޔަމީންގެ އާއިލާއިން ދަރިވަރު ނޫހަށް ބުނީ، އިސްލާމާއި ދިވެހި ޓެސްޓަށް ވެސް ސައްތައިން ސައްތައިގެ ޔަޤީންކަމެއް ޔަމީނަށް އޮތް ކަމަށެވެ. ރި ޗެކަކަށް ލީ އެ ޔަގީން ކަމުގައި އޭ އިން އޭ ސްޓަރއަށް ބަދަލުވާނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށެވެ.

ޔަމީންގެ އިތުރުން އެ ސްކޫލުގެ ދެ ދަރިވަރުން އެއްވަނައިގައި ހިމެނުނެވެ. އެއީ ރަތަމް ނާޝިދު ރަޝީދުއާއި ފާތިމަތު މިޝްކާ ހުސައިން ޒާހިރެވެ.

ޤައުމީ ގަދަ ދިހައެއްގައި ޝަރަފުއްދީން ސްކޫލުގެ 19 ކުދިން ހިމެނުނެވެ.

ރީ ޗެކްކުރުމުން ރޭންކަށް ބަދަލު އައި އެހެން ދަރިވަރުންނަކީ:

އަޙްމަދު ޝީހާން ޝާޙް ( ތިން ވަނަ)

ހައްވާ ޒަކާއު ވަހީދާއި ( ތިން ވަނަ)

މުޙައްމަދު ސުއައިދު ޞާބިރު ( ހަތަރު ވަނަ)

ފާތިމަތު އަޒްކާ ފަޙްމީ ( ފަސް ވަނަ)

އިބްރާހިމް މާއީ އަލީ ( އަށް ވަނަ)

ސާރާ ޝިހާބު ( އަށް ވަނަ)

މުޙައްމަދު ޔަޒިން ރިފުއަތު ( ދިހަ ވަނަ)

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *