ފުރަތަމަ ޓާމުގައި 93 ދުވަހު ކިޔެވުމަށްފަހު މިއަދުން ފެށިގެން ދަރިވަރުންނަށް ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނެއެވެ. ފުރަތަމަ ޓާމުގެ ޗުއްޓީއަށް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 16 ދުވަސް ދަރިވަރުންނަށް ލިބޭނެއެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ. ދެވަނަ ޓާމުގައި 108 ދުވަހު ކިޔަވައިދޭނެއެވެ. ގުރޭޑް 11ގެ ދަރިވަރުންގެ ފުރަތަމަ ޓާމުގެ ޓެސްޓް ކުރިއަށް ދާނީ ޗުއްޓީއަށްފަހު، ޖެނުއަރީ 21ން ފެބުރުއަރީ އަށަކަށެވެ.
ފާއިތުވި އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު 94،192 ދަރިވަރުންނަށް ކިޔަވައިދޭން 9،835 މުދައްރިސުން މަސައްކަތް ކުރަމުން ގެންދެއެވެ.
advertisment
ހިޔާލު