ރިނބުދޫ ސްކޫލުގެ ސްޓާފް ކުލަބު އިފްތިތާޙްކޮށް، ކޮންމެ މުވައްޒަފަކަށް ހަދިޔާއަކަށް ކަނޑޫދޫ މިރުސް ޕެކެއް

ދ. ރިނބުދޫ ސްކޫލުގެ ސްޓާފް ކުލަބު އިފްތިތާޙްކޮށް، ކޮންމެ މުވައްޒަފަކަށް ކަނޑޫދޫ މިރުސް ޕެކެއް ހަދިޔާކޮށްފިއެވެ.

ރިނބުދޫ ސްކޫލުގެ ސްޓާފް ކުލަބުން، އެ ސްކޫލުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ހާޒިރީ އެންމެ ރަނގަޅު މުވައްޒަފަކު ކޮންމެ މަހަކު  ހޮވުމާއި މުވައްޒަފުންނަށް ޑިނަރނައިޓެއް ބޭއްވުމާއި އެއް ޓީމެއްގެ ގޮތުގައި ނަތީޖާ ނެރުމަށް، ކޮންމެ ޓާމެއްގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތައް ހިމެނެއެވެ.

ރިނބުދޫ ސްކޫލުގެ ސްޓާފް ކުލަބު އިފްތިތާޙްކޮށް، ޕްރިންސިޕަލް ވަހީދު މުވައްޒަފުންނަށް ކަނޑޫދޫ މިރުސް ޕެކެއް ހަދިޔާ ކުރައްވަނީ- ފޮޓޯ: ރިނބުދޫ ސްކޫލް

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް 72 ދަރިވަރުން ކިޔަވަމުންދާ ރިނބުދޫ ސްކޫލުގައި 32 މުވައްޒަފުން މިވަގުތު މަސައްކަތް ކުރަމުން ގެންދެއެވެ.

"ސްކޫލްގެ ތެރޭގައި އޮންނަ މާހައުލު ބަދަލުކޮށް، އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫޙް އުފައްދައި ނަތީޖާ ރަނގަޅު ކުރަން މަސައްކަތް ކުރުން މީގެ ބޭނުމަކީ" ރިނބުދޫ ސްކޫލުގެ ޕްރިންސިލްކަމާ ދާދި ފަހުން ހަވާލުވެ ވަޑައިގެންނެވި މުޙައްމަދު ވަހީދު އަބްދުއް ރަހުމާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ސްކޫލުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. ސްކޫލްގެ ތަރައްޤީއަށް ރަށު ކައުންސިލާއި ބެލެނިވެރިންނާއި ރައްޔިތުންގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

" މުޅި ކޮމިއުނިޓީގެ އެއްބާރުލުން އެބަލިބޭ. ކައުންސިލާއި ބެލެނިވެރިންގެ އެއްބާރުލުމާއެކު ކިޔަވައި ދިނުމުގެ ފެންވަރު މަތިކޮށް، ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރެވޭނެ" ވަހީދު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *